ސްކޫލެއްގެ ސީނިއާ މެނޭޖްމަންޓް ސްޓާފަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

ސްކޫލެއްގެ ސީނިއާ މެނޭޖްމަންޓު ސްޓާފަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕްރޭޝަން ސެންޓަރ، އެޗްއީއޯސީގައި މިހާރު ކުރިއަށްދާ ނޫސްކޮންފަރެންސްގައި ޑރ. ނަޒްލާ ވިދާޅުވީ އެ މުއައްޒަފު ވަޒީފާއަށް ނުކުމެފައިވާ ކަމަށެވެ. ނަމަވެސް އެޗްޕިއޭ އިން ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތަށް ގައިދުރުކުރުކަން ބެހެއްޓުމާއި، މާސްކް އަޅައިގެން ހުންނެވުމުން އެ މުއައްޒަފާ މާގިނަ މީހުން ކޮންޓެކްޓް ވެފައި ނުވާ ކަމަށެވެ. އެ މުއައްޒަފާ ކޮންޓެކްޓްވީ ތިން މުއައްޒަފެއް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އެ ތިން މުއައްޒަފުން ވަނީ ކަރަންޓީނު ކުރެވިފައި ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. 

ކޯވިޑް ޖެހުން ސްޓާފަކީ ހުޅުމާލޭ ހުރަވީ ސްކޫލުގެ ސީނިއާ މެނޭޖްމަންޓުގެ ސްޓާފެއް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. ޑރ. ނަޒްލާ ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުން ކޮންޓެކްޓްވާ މީހުން މަދުކުރެވޭނެ ކަމަށެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.