ކޮވިޑުން ސަލާމަތްވުމަށްޓަކައި ޑޮކްޓަރުންނާ ކަމާބެހެ މުއައްސަސާތަކުގެ އިރުޝާދަށް ބޯލަނބައިގެން ނިއު ނޯމަލްގެ އުސޫލާ އެއްގޮތަށް ދިރިއުޅުން ކުރިއަށް ގެންދިއުން. ބޯޑަރު ބަންދުކޮށްގެން އަބަދަކު ނުތިބެވޭނެ.
ކޯލިޝަން ތެރޭގައި ޕާޓީތަކުގެ ހިއްސާ ދަމަހައްޓާނަން. ވަރަށް އަވަހަށް ކޯލިޝަންެގެ ބޭފުޅުންނާ ބައްދަލުުރާނެ.
މި ސަރުކާރު ދެމިއޮންނާނީ ކޯލިޝަން ސަރުކާރެއްގެ ގޮތުގައި. ކޯލިޝަން ދެމިއޮންނާނެ.
ކޮޅެއްގަ ޖެހެންދެން ކޮމިޝަންގެ މަސައްކަތް ކުރިއަށްދާނެ. ހައްލު ހޯދޭނެ. މިހާރު އޮތް ކުރެވިފައި ހުރި މަސައްކަތް ކުރިއަށް ގެންގޮސް ނިންމާން ގަސްދުކުރަނި. އިތުރު މީހުން ކޮމިޝަނަށް ލާކަށް ގަސްތެއް ނުުކުރަން.
ރިޟްވާންގެ މައްސަލައިގައި ވަކި މީހަކަށްވީތީ ފިޔަވަޅު ނާޅައި ދުލެއް ނުކުރާނަން.
އޯގަސްޓުގަ ކޮމިޝާންގެ މަސައްކަތް ނިންމަވާލެވޭނެކަމަށް ވަނީ ވިދާޅުވެފަ.
ރިޟްވާންގެ މައްސަލައިގައި ހެކިދޭން ބައެއް ފަރާތްތަކުން ދެކޮޅު ހަދާފައިވާ ކަން ކޮމިޝަނުންވަނީ ހާމަކޮށްފައި .
ޕޮރޮސެކިއުޓަރ ޖެނެަރަލް އަށް ހުށަހެލޫމުން އިތުރު ހެކި ބެނުންވާ ކަމަށް ވިދާޅުވުމުން އަލުން ތަހުގީގުކުރަން ފެންނަ ކަމަސް ލަފާދެއްވި
ކޮމިޝަނުން 28 މައްސަލައެއް ބަލަން ފަށްިއ ދެ މައްސަލައެއް ނިންމާފައިވާ ކަމަށް މައުލޫމާތު ލިބުނު. އިތުރު ނުވަ ފަރާތެއްގެ މައްސަލަ ބަލަމުންދާ ކަން. އަދި އަފްރާޝީމުގެ މައްސަލަ ނިންމައި ރިޕޯޓެއް ތައްޔާރުކުރެވުނު.
ހުވަދު އަތޮޅާ ފުވައްމުލަކުގައި ރިސޯޓު ވަޒީފާތަކަށް އަމާޒުކޮށް ތަމްރީނުކުރުމަށް އިއުލާން ކުރުމުން ކުރިމަތިލީ 5 މީހުން. ދިވެހިންނަށް ވަޒީފާގެ ފުރުސަތު ނެތީތޯ، ދިވެހިން ވަޒީފާއަށް ނުދަނީތޯ
މަދު ރިސޯޓެއް ފިޔަވައި ގިނަ ރިސޯޓުގަ ރޭޝިއޯ އަ އެއްގޮތަށް މީހުން ތިބިކަމަށް ފެނޭ. 46 ގެ ރޭޝިއޯގައި އުޅެނީ
ކޮވިޑާ ގުޅިގެން އެންމެ ބޮޑު އެހީއެއްވެފައިވަނީ އިންޑިއާ ސަރުކާރުން. އެއީ މެޑީކަލް ވިޔަސް، ފައިސާގެ ގޮތުން ވިޔަސް، އެންމެ ބޮޑެތި އެހީދީފައިވަނީ އިންޑިއާއިން. އިންޑިއާއަކީ އެންމެ ގާތް ގައުމު. އެގޮތަށް އެކަން ދެމިއޮންނަނެ.
މިއަދުވެސް މަސައްކަތްކުރަނީ ޑޮކްޓަރުންގެ ލަފަޔާ އިރުޝާދުގެ ދަށުން. ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ޚިޔާޅު ތަފާތުވިޔަސް ޕޮލިސީ ލެވެލް އަށް ގެންނަނީ ހުރިހާ ބޭފުޅުން އެއްބަސްވެފައި.
އެއީ ހަމަ ބޭކާރު މަސައްކަތެއް. އަޅުގަނޑު ނޫސްވެރިން ގެންދާނަން އެތަނަށް.
އެއީ ދެކޮޅު ޖެހޭ މަސައްކަތެއް ނޫން. 6000 ރުފިޔާ، 7000 ރުފިޔާ އަށް ދެވޭނެ ކަމެއް ވިދާޅުވިޔަސް 11000 ރުފިޔާ އެބައަރާ.
އަޅާަފހުރި 7000 ފްލެޓަކީ މީޙޫން ދިރިއުޅެން ކަމުދާ ތަންތަނެއް ނޫން. ޓަވަރެއްގަ އުޅޭނެ 5000 މީޙުން. ބަހައްޓާފަ ހުރީ 3 ލިފްޓު. އޮފީހަށް، ސްކޫލަށްދާން ދެގަޑިއިރު ކުރިން ކިއު ޖައްސަންޖެހޭނެ.
އެތަނަށް ވަންނަ މީހުންގެ 80 އިންސައްތަ މީހުންވެސް އެކަން ގަބޫލު ކުރާނެހެންނެއް ހިއެއް ނުވޭ.
އެއީ ދިރިއުޅެން ކަމުދާ ތަންތަނަށް ވާނެ ކަމަކަށް އަދިވެސް ގަބޫލެއް ނުކުރަން.
އެހެންވީމާ އެތަން ލިބޭއިރު ދޮރެއް ނުހުންނާނެ. ޓައިލްސް ނުހުންނާނެ.
އެކަމަކު ލަސްވާތީ ކުރިން އޮތް ގޮތަށް ދޭން ނިންމީ.
މި ސަރުކާރުން ނިންމީ ދިރުލާ ޓައިލްސް ޖަހަން.
ފުރަތަމަ (ކުރީ ސަރުކާރުން) ނިންމާފައި އޮތީ ޓައިލްސް ނުޖަހާ، ދޮރެއް ނުލާ ބަހައްޓަން.
ހިޔާ ފުލެޓުގެ އެންމެ ފަހުގެ މަސައްކަތް ނިމެމުން ދަނީ.
މިނިމަމް ވޭޖް ދޭން ފެށޭނީ އަންނަ އަހަރު.
މިއަހަރު ތެރޭގައި ގޮތެއް ނިންމަން ބޭނުން.
ފައިދާ ލިބެން ފެށީމާ ޚަރަދު ކުރެވޭނޭ މިންވަރު އެނގޭނެ.
މި އަންނަ އަހަރު ފެށޭއިރު ދައުލަތުގެ ބަޖެޓުން ޚަރަދު ކުރެވޭނެ ކަމެއް ނޭނގޭ.
މިނިމަމް ވޭޖް: ފަތުރުވެރިކަމުގެ ދާއިރާއަށް 8000. އެހެން ދާއިރާއތަކަށް 6000 އާއި 4000
އެކަމަކު މާލީ ފައިދާ ލިބެން ފަށާނީ އަންނަ އަހަރު. އެއީ ޓެކްސް ދައްކާނީ މި އަހަރު ނިމިގެން ކަމަށް ވާތީ.
މުޅިން ޖުމުލަ 8 ލައްކަ ފަތުރުވެރިން ގެނެވޭނެ ކަމަށް ލަފާ ކުރެވޭ.
ޖުލައި އޯގަސްޓަގައި ފަތުރުވެރިން އަންނާނެ.
ކުރިއަށް އޮތް ދެ ކުއާޓަރުގެ ލޭންޑް ރެންޓު މާފު ކޮށްފައި.
ފަތުރުވެރިކަމުގެ ރެވެނިއު ސުމެއްގައި.
ފިޝަރީޒާއި ހައުސިންގއަށް ސަޢޫދީން 50 މިލިއަން ޑޮލަރު މިއަދު ލިބޭނެ.
މިހައިތަނަށް 120 މިލިއަން ޑޮލަރުގެ ލޯނާއި އެހީ ލިބިއްޖެ.
މުވައްޒިފުންގެ މުސާރަ ހަމައަށް ލިބޭނެ.
ސަރުކާރުގެ ޚަރަދުތައް ވަރަށް ބޮޑަށް ކުޑަ ކުރަން.
ޓޫރިޒަމް މިނިސްޓްރީން އެސްއޯޕީ ހިއްސާ ކުރާނެ މާދަމާ ނުވަތަ އަނެއް ދުވަހު.
ބޯޑަރު ހުޅުވާލަނީ ހުރިހައި ގައުމަކަށް.
ލަސްވުމެއް އަންނާނެ. އެކަމަކު ކުރިއަށް ގެންދެވޭނެ. ވައުދު ފުއްދޭނެ.
2022 ގެ މެދާ ހަމައަށް އެއަރޕޯޓު ޓަރމިނަލް ނިމޭނެ.
ބޯޑަރު ހުޅުވުމާއެކު 4000 ހައުސިންގ ޔުނިޓުގެ މަސައްކަތް ފަށްޓާނެ.
5 އަހަރުގެ ދައުރު ނިމޭއިރު އެ ވައުދު ފުއްދޭނެ.
އެންމެ މުހިއްމު ވައުދަކީ ރާއްޖޭގެ ހުރިހައި ރަށެއްގައި ފެނާއި ނަރުދަމާ ގާއިމު ކުރުން.
ޕްރޮޖެކްޓްގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަދޭ.
ވައުދު ފުއްދަން ތަރުތީބަށް ބަދަލު ގެންނަން ޖެހޭނެ.
ކޮވިޑާ ގުޅިގެން މިއަހަރުގެ ހަމަސް ދުވަސް ގެއްލިއްޖެ. ކުރިއަށް އޮތީވެސް ދަތި ދުވަސްކޮޅެއް.
އެއްވެސް ޒަމާނެއްގައި އެކަން ކުރަން ބޭނުމިއްޔާ ނިންމަން ވާނީ ރައްޔިތުން ގާތު އަހައިގެން.
ނިޒާމު ނިންމީ ރައްޔިތުން ގާތު އަހައިގެން. ދެންވެސް އަހަން ޖެހޭނީ ރައްޔިތުންގެ ގާތު.
ބަރުލަމާނީ ނިޒާމުގެ ވާހަކަ ދައްކާކަށް ބޭނުމެއް ނޫން.
އަޅުގަނޑު މިހިރީ ވަރަށް ގިން ވައުދުވެގެން އައިސް. ހުރިހައި ވަގުތެއް ބޭނުންވަނީ ވައުދު ފުއްދަން ކުރާ މަސައްކަތަށް.
އަދި ފެންނަނީ ތިން ބާރުވެސް ހުދޫދުގެ ތެރޭގައި މަސައްކަތް ކުރާތަން.
މަޖިލީހުން ޖަވާބުދާރި ކުރުވާނެ. ސަރުކާރުން ޖަވާބުދާރީ ވާނެ.
އެއްވެސް އިރަކު ގަބޫލެއް ނުކކުރަން ގާނޫނު އަސާސީން ދީފައި އޮތް ދާއިރާއިން މަޖިލިސް ނުކުންނާނެ ކަމަކަށް އެއް އިރަކުވެސް ގަބޫލެއް ނުކުރަން.
ޗައިނާ ސަރުކާރުން ވިސްނާނެ ކަމަށް ބުނެފައި އޮތީ. ރަނގަޅު ގޮތެއް ވާނެ ކަމަށް އުއްމީދު ކުރެވޭ.
މިއަހަރު ޗައިނާ ސަރުކާރަށް ދައްކަން އޮތީ 100 މިލިއަން ޑޮލަރު. ލޭއޯފެއް އައުމާއެކު ދައްކަން ޖެހެނީ 75 މިލިއަން.
ސީދާ ސަރުކާރުން ސަރުކާރަށް ނަގާފައި ހުރި ލޯނު ތަކަށް ލުއި ދޭން ޗައިނާ ސަރުކާރުން އެއްބަސްވޭ. އެއީ ގާތްގަނޑަކަށް 600 މިލިއަން ޑޮލަރު.
1.5 ބިލިއަން ޑޮލަރުގެ ލޯނު ޗައިނާއިން ނަގާފައިވޭ.
މަޖިލީހުން އެ މަޖިލީހަށް ނެތް ބާރެއް ނުނަގާނެ. އެކަމެއް ގަބޫލެއް ނުކުރަން.
ޚިޔާލުވެސް ހުންނާނެ. ބިލު ނިމޭއިރު އޮންނާނީ ރައްޔިތުން އިތުބާރުކުރާ ގާނޫނެއް ހެދިފައި އޮންނާނެ.
ފުލުހުންގެ ގާނޫނު ހުށަހެޅީ ރަނގަޅު ތަނެއް އުފެއްދުމުގެ ބޭނުމުގައި.
އޮތް ގޮތަކީ އެކި ފަރާތްތަކުން އެހީތެރިކަން ހޯދުން.
ރިޒާވްގައި ނެތް. އެހެންވީމާ އެމްއެމްއޭ މެދުވެރިކޮށް 4 ބިލިއަން ރުފިޔާ ނަގައިގެން އެހީވީ.
އެކަށީގެންވާ އަދަދު ނޫންނަމަވެސް ވީވަރަކުން އެހީތެރިވަނީ.
މާލީ އެހީތެރިކަމުގެ ބައެއް ތަފުސީލު ރައީސް ދެއްވި.
243 ފަރާތަކަށް އެހީތެރިވެދީފި ބީއެމްއެލް މެދުވެރިކޮށް.
މިއީ އާއްމު ފަރުދުންނަށާއި ވިޔަފާރިތަކަށް އެހީތެރިވާން އޮތް ދަނޑިވަޅެއް މިއީ.
ރައްޔިތުންނަށާއި އާއްމު ވިޔަފާރިއަށްވެސް ދަތި ދުވަސްވަރެއް.
އެކަމަކުވެސް ކުރިއަށް އޮތީ ދަތި ދުވަސްވަރެއް.
އެކުވެރި ގައުމުތަކުން އެހީތެރިވެދޭނެ.
އެކަމަކު 300 މިލިއަން ޑޮލަރުގެ ސުކޫކު ރަނގަޅު ރޭޓަކަށް ލިބޭނޭ ކަމަށް އުއްމީދު ކުރެވޭ.
އިންޓެރެސްޓް ރޭޓުވެސް މަތި.
ރާއްޖޭގެ ރޭޓިންގވެސް ދަށް.
ހުރިހައި ގައުމެއްގެ ފައިނޭންޝަލް ރޭޓިންގ ވެސް ދަށް.
ފައިސާ ހޯދަން 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކަން އެބަ މަސައްކަތް ކުރަން.
ޖަޕާނުން ހޯދަން އުޅުނު ސަމުރައި ބޮންޑުގެ މަސައްކަތް ކުރިއަކަށް ނުދޭ.
މިކުރާ މަސައްކަތަކީ ޓެރްރިސްޓް އަމަލުތައް ހުއްޓުވުމާއި ރާއްޖެއިން ބޭރުގެ ޖަމާއަތްތަކާ ގުޅިފައިވާ މީހުންނަށް ފުރުސަތު ބަންދުކުރުން.
އެކި ގޮތްގޮތަށް ހައްދުފަހަނައަޅައިފައިވާ މީހުން ރާއްޖޭގައި އެބަތިބި.
އޭގެ ސަބަބުން އުފެދޭނީ ފިތުނައާއި ހަމަނުޖެހުން.
ނަމަވެސް ވަކި ބަޔަކު ކޮށްފައިވާ ކަމެއްގެ ސަބަބުން މުޅި މުއައްސަސާގެ އަގު ވެއްޓޭ ގޮތަށް ދައްކާ ވާހަކައަކީ އިސްލާހު ކުރުމަށް ދައްކާ ވާހަކައެއް ނޫން.
ކޮންމެ ބައެއްގެ ތެރޭގައިވެސް އިސްލާހު ކުރަން ޖެހޭ ކަންތައްތައް ހުންނާނެ.
ސަލާމަތީ ޚިދުމަތްތަކަކީ ގައުމުގެ ސަލާމަތާއި މިނިވަންކަމާއި މުޖުތަމައުގެ ހަމަޖެހުމަށް މަސައްކަތް ކުރާ ބައެއް.
ޞިއްޙީ ދާއިރާގެ ހުރިހައި ބޭފުޅުންނާއި ދީނީ ބޭފުޅުންނަށް ޝުކުރު ދަންނަވަން.
މަސައްކަތުގައި އޭޑީކޭ އާއި ޓްރީ ޓޮޕް ހޮސްޕިޓަލާއި ކަރަންޓީނު ފެސިލިޓީއަށް ރިސޯޓު ދެއްވި ފަރާތްތަކަށް ޝުކުރު ދަންނަވަން.
އިގްތިސާދީ ރިކަވަރީއަށް ވަނީ ނެޝަނަލް ޓާސްކް ފޯހެއް އުފައްދަވައިފައި.
އޯގަސްޓު މަހު ގެސްޓްހައުސްތައް ހުޅުވައިލާނެ.
ރިސޯޓުތައް ހުޅުވަން ހުއްދަ ދެއްވާނެ.
ޖުލައި 15 ގައި ބޯޑަރު ހުޅުވައިލާނެ.
އޮފީސްތައް ހުޅުވާނެ.
ހޮޓާތަކާއި ރެސްޓޯރަންޓުތައް ހުޅުވާނެ.
އަންނަ ޖުލައި މަސް ފެށުމާއެކު އިތުރު ލުއި ދެއްވާނެ.
އިރާދަކުރެއްވިއްޔާ ކުޅުދުއްފުށީގައި ވަރަށް އަވަހަށް ޓެސްޓު ކުރަން ފަށާނެ.
އައްޑޫގައި ޓެސްޓު ކުރެވޭ.
16:44 ރާއްޖޭގައި ފުރަތަމަ ޓެސްޓު ކުރީ ރާއްޖެއިން ބޭރަށް ފޮނުވައިގެން. އެހެންނަމަވެސް އެތައް ބައެއްގެ ބުރަ މ،ަސައްކަތުން މިއަދު މި ވަނީ ޕޮޒިޓިވްވާ މީހުންނަށް އެކަށިގެންވާ ފަރުވާ ދެވޭނޭ ވަރަށް ތައްޔާރު ވެފައި