މީހުން މަރުވާ މިންވަރު އިތުރެއް ނުވޭ: ޑރ. އަފްޒަލް

ކޯވިޑް ޖެހިގެން ރާއްޖޭގައި މިހާތަނަށް 5 މީހަކު މަރުވެފައިވާ އިރު ނިސްބަތުން މީހުން މަރުވާ މިންވަރު އިތުރުވެފައިނުވާ ކަމަށް ޑރ. އަފްޒަލް ވިދާޅުވެއްޖެއެވެ.

މިާޙރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އަފްޒަލް ވިދާޅުވީ ކޯވިޑް ޖެހގިެން ފަސް މީހަކު ނިޔާވުމުން މީހުން މަރުވާ މިންވަރާ މެދު ސުވާލު އުފެދިދާނެ ކަމަށެވެ. ނަމަވެސް މިއަަހަރުގެ ޖެނުއަރީ މަހުން ފެށިގެން މޭ މަހާ ހަމައަށް މީހުން ނިޔާވެފައިވާ މިންވަރު ނިސްބަތުން އިތުރވެފައިނުވާ ކަމަށެވެ.

ކޯވިޑް ޖެހިގެން މީހުނ ނިޔާވާ ނަމަ މި މުއްދަތުގެ ތެރޭގައި މަރުވާ މީހުންގެ ރޭޓު މަތިވާނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

އިއްޔެ ކޯވިޑް ޖެހިގެން ނިޔާވީ ބަނގްލަދޭޝް މީހެކެވެ. އެމީހާއަކީ ހިތުގެ މައްސަލައެއް ހުރިކަން ވަނީ ފާހަގަކުރެވިފައެވެ.

އިއްޔެއިން ފެށިގެން މިއަދާ ހަމައަށް 46 މީހަކު ބަލިން ރަނގަޅުވެފައިވެއެވެ. ރާއްޖެއިން ޖުމުލަ 232 މީހަކު ބަލި ފަސޭހަވެފައިވާ އިރު ވިލީ ފެތުރުމަކަށް ދިޔަ ފަހުން ބަލި ފަސޭހަވީ 214 މީހުންނެވެ.  

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.