މިހާތަނަށް 467 ރިސޯޓު މުއައްޒަފަކު ކަރަންޓީނު މަރުކަޒުތަކަށް ފޮނުވާލައިިފި

ކޯވިޑް-19 އާ ގުޅިގެން ރަށަށް ނުދެވި މާލޭގައި ތާށިވެފައި ތިބި 467 މުއައްޒަފަކު ކަރަންޓީނު މަރުކަޒުތަކަށް ފޮނުވާލާފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީ އިން ހާމަކުރައްވައިފިިއެެވެ.

ރަށަށް ނުދެވި މާލޭގައި ތާށިވެފައި ތިބި ރިސޯޓު މުވައްޒަފުން މިނިސްޓްރީގައި ރަޖިސްޓަރީވުމަށް ހުޅުވާލުމުން 582 މީހަކު ނަން ނޯޓުކުރި ކަމަށް މިއަދު އެ މިނިސްޓްރީ އިން ނެރުއްވި ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. ރަޖިސްޓަރީ ވީ މީހުންގެ މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށް އޭގެތެރެއިން 80 ފަރާތެއް އުނިކުރެވުނު ކަމަށް މިނިސްޓްރީއިން ހާމަކުރައްވައެވެ.

ސައްހަ ލިސްޓުގައި ތިބި 502 މީހެއްގެ ތެރެއިން މިހާތަނަށް ކަރަންޓީނު މަރުކަޒުތަކަށް ނުފޮނުވި ތިބީ 35 މުވައްޒަފުންނެވެ. އޭގެތެރެއިން 26 މީހަކާ އެއްވެސް ގޮަތަށް ގުޅޭގޮތް ނުވުމުގެ ސަބަބުން އެ މީހުން ކަރަންޓީނު މަރުކަޒުތަކަށް ގެންދިއުމަށް ކުރަމުންދާ މަސައްކަތް ހުއްޓިފައިވާ ކަމަށް މިނިސްޓްރީ އިން ހާމަކުރައްވައެވެ. ނަމަވެސް އަދިވެސް އެ މުއައްޒަފުންނާ ގުޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ބަޔާނުގައި ފާހގަކުރައްވާފައިވެއެވެ.

ކޯވިޑާ ގުޅިގެން އެންމެ ބޮޑު ގުރްބާނީއެއް ވީ އެއްބަޔަކީ ރިސޯޓު މުއައްޒަފުންކަން ފާހަގަކޮށް އެ މުއައްޒަފުންނަށް ޝުކުރު އަދާކޮށްފައިވެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.