ލެބް ޓެކްނޮލޮޖިސްޓުންގެ ކިބައިން މަބްރޫކު މާފަށް އެދިއްޖެ

ލެބޯޓަރީ ޓެކްނިޝިއަނުންގެ މަސައްކަތް އަގުވަޒަންނުކުރެވޭ ގޮތަކަށް އިއްޔެ އާއި އޭގެ ކުރީ ދުވަހުގެ ރޭ ބުނެވުނު ވާހަކައަކާއި ގުޅިގެން އެބޭފުޅުން ފާޑު ވިދާޅުވެފައިވާތީ މަބްރޫކް އެކަމަށް މާފަށް އެދިއްޖެއެވެ. ލެބޯޓަރީ ޓެކްނިޝަނުން ވަނީ މެޝިނަރީ ގެނަޔަސް ޓެކްނޮލޮޖިސްޓުންގެ ބޭނުން ނުކެނޑޭނެކަމަށާއި އެބޭފުޅުން ކުރަމުންދާ ބުރަ މަސައްކަތް ފަހުމްނުވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިކަމާއި ގުޅިގެން މަބްރޫކް ވިދާޅުވީ، އޭނާއަކީ ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ މީހަކު ނޫން ކަމަށާއި، އޭނާ މިކަމާއި ހަވާލުވީއްސުރެ މިކަންކަން ކުރިޔަށް ދާގޮތް ދަސްކުރެވޭތޯ ބަލާކަމަށެވެ. އަދި  މިކަމުގެ ތަޖްރިބާ ކާރުންނާއި ވާހަކަދައްކައި މިކަމާއި ގުޅިގެން ލިޔެވިފައި ހުންނަ ލިޔުންތައް ކިޔޭތޯ ބަލާކަމަށެވެ.މަބްރޫކް ވިދާޅުވީ އޭނާ ފުރަތަމަ މި މަސައްކަތާއި ހަވާލުވި ދުވަސްވަރު ލެބޯޓްރީ ޓެކްނިޝަނުން ކުރާ މަސައްކަތާއި، ޕީސީއާރް ޓެސްޓުހެދުމަކީ ކިހިނެތް ކުރާ ކަމެއްތޯ ބެލުމަށްޓަކައި އައިޖީއެމްއެޗްގެ ލެބޯޓްރީއަށް ދިޔަކަމަށެވެ.އަދި އެކަމުން އޭނާއަށް ލެބް ޓެކްނޮލޮޖިސްޓުންނަކީ ވަކި އިލްމެއް އުނގެނިގެން ވަކި ޓްރެއިނިންގް ތަކެއް ހަދައިގެން ތިބޭ  ވަކި ޕްރޮފެޝެނެއްގައި މަސައްކަތް ކުރާ މީހުންކަމަށާޢި މިއީ އެހެނިހެން ބަޔަކަށް ކުރެވޭނެ މަސައްކަތެއް ނޫން ކަން ފާހަގަކޮށްފައެވެ. އަދި މަބްރޫކް ވަނީ އައިޖީއެމްއެޗް ލެބޯޓްރީގައި މިހާރު މަސައްކަތް ކުރަމުންދާ ޓީމުގެ ބުރަ މިންނެތް މަސައްކަތް ފާހަގަކޮށްފައެވެ. 

"އަޅުގަނޑުމެން ކޮންމެ ދުވަހަކު އަރާ މިތާ މި ކިޔަނީ 500 އެއްހާ ސާމްޕްލްގެ ނަތީޖާ ލިބިއްޖެޔޭ. އަޅުގަނޑުމެންނަށް ނުބުނެވި އޮންނަ ވާހަކައަކީ އެކަން ކުރެވެނީ ރެޔާއި ދުވާލު 24 ގަޑިއިރެއްހާ ތެރޭގަ އެބޭފުޅުން ހުއްޓާނުލައި ކުރަމުންދާ މަސައްކަތްތަކުން. ހަމަ މިފަދަ މަސައްކަތް ޕޮލިސް ލެބޯޓްރީ ތެރޭގަ ވެސް މިހާރު ދަނީ ކުރެވެމުން. ހުއްޓުމެއްނެތި ކުރާ މަސައްކަތަކުން އަޅުގަނޑުމެންނަށް ލިބޭ ނަތީޖާގެ ވާހަކަ ދައްކާއިރު މި މަސައްކަތުގެ ކަވިކަމާއި އުދަގޫކަން އަދި މިކަމުގައި އޮތް ރިސްކު އަންދާޒާކުރަން ބައެއްފަހަރު އަޅުގަނޑުމެންވެސް ހަނދާންނެތޭ. އެކަމާއި އަޅުގަނޑުވެސް ދެރަވަން އަދި ހަމަ ނިހާޔަތަށް ޝުކުރު އަދާކުރަން ބޭނުންވޭ އެބޭފުޅުން އެކުރާ މަސައްކަތައް އަޅުގަނޑުމެން އެންމެންގެ ނަމުގަ ޝުކުރިއްޔާ" ލެބޯޓްރީ ޓެކްނިޝަނުންގެ މަސައްކަތް ފަހަގަކޮށް އެބޭފުޅުންނަށް ޝުކުރުއަދާ ކުރަމުން މަބްރޫކް ވިދާޅުވިއެވެ.

ކިތަންމެ މޮޅު މެޝިނެއް ހުއްޓަސއެބޭފުޅުން ކުރާ މަސައްކަތަކާއި ނުލައި ސާމްޕަލް ގެ ނަތީޖާ އަޅުގަނޑުމެންނާއި ހަމައަށް ނާންނާނެކަމަށާއި އެކަން ދެނެގަނެ އެބޭފުޅުންނަށް ޝުކުރު އަދާކުރަންޖެހޭ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.