ކޮވިޑް-19: މާލެއިން ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވުމާ ގުޅިގެން ކަރަންޓީން ފެސިލިޓީތައް ތައްޔާރީ ޙާލަތަށް ގެންނަނީ

މާލެއިން ޕޮޒިޓިވް ވާ މީހުންގެ ޢަދަދު އިތުރުވުމާ ގުޅިގެން ކަރަންޓީން ފެސިލިޓީތައް ތައްޔާރީ ޙާލަތަށް ގެންނަމުން ދާކަމަށް ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގެ ތަރުޖަމާނު މަބްރޫކް ޢަބްދުލް ޢަޒީޒު ވިދާޅުވެއްޖެއެވެ.

މަބްރޫކް ވިދާޅުވީ ޕޮޒިޓިވް ވާ މީހުންގެ ޢަދަދު އިތުރުވުމުން ކޮންޓެކްޓް ޓްރޭސިންއަށް ކަރަންޓީން ކުރަންޖެހޭ މީހުންގެ ޢަދަދުވެސް ދަނީ އިތުރުވަމުން ކަމަށެވެ. މިހާރު ހުރި ކަރަންޓީން ފެސިލިތީތަކުގެ އިތުރުން ކަނޑިންމަ ކަރަންޓީން ފެސިލީޓީ ވެސް ވަނީ ތައްޔާރީ ޙާލަތަށް ގެނެސްފައެވެ. އަދި ވެސް އިތުރު ފެސިލިޓީ ތައް ތައްޔާރު ކުރަމުންދާ ކަމަށް  އޭނާ ވިދާޅުވިއެވެ.

މިއަދު އެކަނި ވަނީ މާލެއިން 16 މީހަކު އަލަށް ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އޭގެތެރޭގައި ބަނގްލަދޭޝްގެ 14 ރައްޔިތަކު ހިމެނެއެވެ.  ކޭސް 37 އިން ފެށިގެން 49  އާ ހަމައަށް ހިމެނޭ 13 މީހުންނަކީ ކޭސް 27 އާ ގުޅުން ހުރި ބައެއްކަމަށް ބެލެވޭކަމަށް މަބްރޫކް ވިދާޅުވިއެވެ. މި ތޭރަ މީހުންނަކީ ލިލީ ކުންފުނީގައި މަސައްކަތްކުރާ އެއް އެކޮމަޑޭޝަނެއްގައި ދިރިއުޅޭބައެކެވެ. ކޭސް 50 އާއި 51 އަކީ ބްރައިޓް ބަރަދާސްގައި މަސައްކަތް ކުރާ އިންޑިއާގެ ދެމީހުންނެވެ.

މިއަދު ޕޮސިޓީވް ވި މީހުންގެ ތެރެއިން (ކޭސް36) އަކީ ވެސް ބަގްލަދޭޝްގެ ރައްޔިތެކެވެ. އޭނާއަކި ހުޅުމާލެއަށް ދާދިފަހުން ބަދަލު ކުރި މަގްލަދޭޝް ރައްޔިތުންގެ ތެރެއިން އަމީންއެކޮމަޑޭޝަންގައި އުޅޭ މީހެކެވެ. އޭނާގެ ގާތް ކޮންޓެކްޓުންގެ ގޮތުގައި ތިން މީހަކު ފާހަގަ ކުރެވިފައިވާކަމަށް ވެސް އެޗްޕީއޭ އިން މަޢުލޫމާތު ދެއްވިއެވެ. އެމީހާއަށް ކޮވިޑް ޖެހިފައިވާކަން ދެނެގަނެވިފައި ފްލޫ ކްލިނިކަކަށް ގޮސް ހެދިޓެސްޓް ތަކުގެ ނަތިޖާއިންނެވެ. ފްލޫ ކްލިނިކަށް ދިއުމުގެ ކުރިން އޭނާ ވަނީ ބޭސް ފިހާރަކަށް ވެސް ގޮސްފައެވެ.

އުލިގަމު މިހާގެ ސްކްރީނިން ޕޮޒިޓިވް ވުމާ ގުޅިގެން އޭނާގެ ކޮންފޮމޭޝަން ޓެސްޓް ދަނީ ހަދަމުންނެވެ. ނަމަވެސް އަދި ނަތީޖާ ނުލިބޭކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިއަދު ޕޮޒިޓިވް ކޭސް ތަކުގެ ތެރެއިން (ކޭސް 36) ނޫން ހުރިހާ ކޭސްތަކަކީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަ ކުރެވި ޓެސްޓް ހެދުނު މީހުންކަމަށް އެޗްޕީއޭ އިން ހާމަކުރައްވައެވެ.

މިހާތަނަށް 3982 ސާމްޕަލް ޓެސްޓް ހެދި 3676 ސާމްޕަލް ވަނީ ނެގެޓިވް  ވެފައެވެ. ސާމްޕަލް ނެގި ނަތީޖާ ނުލިބެނީ 254 ސާމަޕަލެއްގެއެވެ. 246 ސާމްޕަލަކީ ކުރެއްދޫއިން ނެގި ސާމްޕަލްތަކެވެ. މިހާތަނަށް 16 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. ފަރުވާ ދެމުން ދަނީ 34 މީހުންނަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.