ކޮވިޑް-19: އައްޑޫ ފުލޫ ކުލިނިކް މާދަމާ ހެދުނުން ފެށިގެން ހަވީރަށް ބަންދު

އައްޑޫ ސިޓީ ހިތަދޫ ކުރީގެ ރީޖަނަލް ހޮސްޕިޓަލުގައި ގާއިމް ކޮށްފައިވާ ފުލޫ ކުލިނިކް މާދަމާ ހެދުނުން ފެށިގެން ހަވީރަށް ބަންދުކުރާ ގޮތަށް ހަމަޖައްސަވައިފިއެވެ.

ހެނދުނު 8:30 އިން ހަވީރު 6:30 އަށް ބަންދުކުރުމަށްފަހު އަލުން ހުޅުވާނީ މާދަންރޭ 7:00 އިން ފެށިގެން އަލުން ޚިދުމަތް ފަށާނެ ކަމަށް ވެސް އެތަނުން ވިދާޅުވެފައިވެއެވެ.

އައްޑޫ ފުލޫކުލިނިކަށް އެވްރެޖުކޮށް މިހާރު ފަސް މީހުން ދައްކާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެޗުޕީއޭއިން ވިދާޅުވެފައިވަނީ މިދުވަސްވަރު ރާއްޖޭގައި ކޮވިޑް-19 ނޫނަސް އެހެނިހެން ރޯގާ އެބައުޅޭ ކަމަށެވެ. އެހެންކަމުން ކިރިޔާވެސް އެފަދަ އަލާމާތެއް ފެނިއްޖެނަމަށް ޑޮކްޓަރަށް ދެއްކުމަށްވަނީ އިރުޝާދު ދެއްވައިފައެވެ.

ސަރުކާރުން މިހާރުވަނީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ހަމަޖައްސަވަން ނިންމަވައިފައެވެ. އޭގެ ތެރޭގައި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް ހިމެނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.