ކޯވިޑް-19: ޔޫކޭ އިން އައި އިތުރު ދިވެއްސަކު ޕޮޒިޓިވް ވެއްޖެ

ހަތަރުވަނަ ދިވެއްސަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެކަމަށް އެޗްޕީއޭ އިން ހާމަކޮށްފިއެވެ.

ދާދި ދެންމެއަކު އެޗްޕީއޭ އިން ކުރި ޓުވީޓެއްގައި ބުނި ގޮތުގައި މިފަހަރު ޕޮޒިޓިވް ވީ ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި އެކަހެރިކޮށްފައިވާ ދިވެއްސެކެވެ،

ކޯވިޑް-19 އެމީހާ ޓެސްޓުކުރީ އޭނާގެ ފަރާތުން އެބަލީގެ އަލާމާތްތައް ފެނުމާ ގުޅިގެންކަމަށް އެޗްޕީއޭ އިން ހާމަކުރިއެވެ. މި މީހާ އަކީ ވެސް އިނގިރޭސިވިލާތުން ރާއްޖެ އައި މީހެކެވެ. 

މިއަދު ޕޮޒިޓިވް ވި މީހާއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވް ވި މީހުންގެ އަދަދަކީ 19 އެވެ. އޭގެ  ތެރެއިން 15 މީހުންނަކީ ބިދޭސީންނެވެ. ބިދޭސީންގެ ތެރެއިން 13 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއަދު ޕޮޒިޓިވް ވި މީހާ އާއެކު މިހާރު ބައްޔަށް ފަރުވާ ހޯދަމުންދަނީ 4 މީހުންނެވެ. އެ ހަތަރު މީހުންނަކީ ވެސް ދިވެހިންނެވެ. ހަތަރު މީހުންނަކީ ވެސް އިނގިރޭސިވިލާތުން ރާއްޖެ އައި މީހުންނެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.