އެއް ގަރުނު ކުރިން ސްޕެނިޝް ފުލޫއިން ސަލާމަތްވި މީހަކު ކޮރޯނާ ވައިރަސްއިން ވެސް ސަލާމަތްވެއްޖެ

ކޮވިޑް- 19 ޖެހިގެން މަރުވެފައިވާ މީހުން ހަށިތައް އިޓަލީގެ އަސްކަރީ އުޅަނދުތަކުން އުފުލަނީ

އުމުރުން 101 އަހަރުގެ އިޓަލީ މީހަކަށް ކޮރޯނާ ވައިރަސް (ކޮވިޑް- 19) ޖެހުމަށް ފަހު އޭނާ ބަލިން ސަލަމާތްވެއްޖެއެވެ. އޭނާއަށް ކޮރޯނާ ވައިރަސް ޖެހުމަށް ފަަހު ފަސޭހަވުން ޚާއްސަ ކަމަކަށް ވެގެން ދިޔައީ، އޭނާއަކީ މީގެ އެއް ގަރުނުކުރިން ފެތުރުނު، ކޮރޯނާ ވައިރަސް ފަދަ، ވަބާއަކުން ސަލާމަތްވި މީހަކަށް ވާތީއެވެ.

ނަން ހާމަކޮށްފައި ނުވާ 'މިސްޓަރ ޕީ' އުފަން ވެފައި ވަނީ 1919 ވަނަ އަހަރު، ސްޕެނިޝް ފްލޫ ދުނިޔޭގައި އެންމެ ގަދަޔަށް ފެތުރެމުން ދިޔަ ވަތުގައެވެ. ސްޕެނިޝް ފްލޫއަކީ 1918 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ގާތް ގަނޑަކަށް ތިން އަހަރުދުވަހަށް މުޅި ދުނިޔޭގައި ފެތުރުނު އިންފުލުއެންޒާ ބަލިމަޑުކަމެކެވެ. މި ބަލި އޭރު ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް ހަަތަރު ބައިކުޅަ އެެއްބައި މީހުންނަށް ޖެހުނު އިރު އެ ބަލީގައި މަދުވެެގެން 17 މިލިއަން މީހުން މަރުވިއެވެ.

އިޓަލީގެ ރައްޔިތެއް ކަމުގައިވާ 'މރ. ޕީ' އަށް ވެސް އެނާ އެންމެ ޅަ އިރު ސްޕެނިޝް ފްލޫގެ އަސަރުކޮށް ތަފާތު ސިއްހީ މައްސަލަތައް ދިމާވިއެވެ. އެހެންނަމަވެސް، އޭނާ ވަނީ އެ ބަލިން ސަަލާމަތްވިއިރު، އެ ބަލީގައި އިޓަލީގެ 6 ލައްކަ މީހުން މަރުވިއެވެ.

އިރު އުތުރު އިޓަލީގެ ރަށެއް ކަމުގައިވާ ރަމިނީގެ އޮފިޝަަލަކު ވިދާޅުވި ގޮތުގައި 'މރ. ޕީ' އަށް ކޮރޯނާ ވައިރަސް ޖެހިގެން ހޮސްޕިޓަލުގައި އޭނާ އެޑްމިޓް ކުރީ ފާއިތުވި އަހަރުއެވެ. އަދި އޭނާއަށް ފަރުވާދިނުމަށް ފަހު ރަނގަޅުވެގެން މިހާރު ދޫކޮށްލާފައެވެ.

"މރ. ޕީ އެކަންކޮށްފި. (ބަލިން ސަލާމަތްެވެއްެޖެ). އޭނާގެ އާއިލާއިން ވަނީ އިއްޔެ އޭނާ ގެއަށް ގެންގޮސްފައި." ރަމިނީގެ ޑެޕިއުޓީ މޭޔަރ ގްލޯރިޔާ ލިސީ ވިދާޅުވިއެވެ.

ޔޫރަޕުގައި އެންމެ ބާރަށް ކޮވިޑް- 19 ފެތުރެމުންދާ ގައުމު، އިޓަލީގައި މިހާތަނަށް 97 ހާހަށްވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައި ވާއިރު، މިބަލީގައި އިޓަލީގެ 10 ހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ދުނިޔޭގައި މިވަގުތު މިބަލީގެ އެންމެ ގިނަ މީހުން ތިބީ އެމެރިގައެވެ. އެ ގައުމުގައި ކޮވިޑް- 19 އަށް ޕޮޒިޓިވް މީހުންގެ އަދަދު 1 ލައްކަ 43 ހާހަށްވުރެ މައްޗެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

1 ޚިޔާލު

  1. " ކޮރޯނާ ވައިރަސް ޖެހިގެން ހޮސްޕިޓަލުގައި އޭނާ އެޑްމިޓް ކުރީ ފާއިތުވި އަހަރުއެވެ. އަދި އޭނާއަށް ފަރުވާދިނުމަށް ފަހު ރަނގަޅުވެގެން އޭނާގެ އާއިލާއިން ވަނީ އިއްޔެ އޭނާ ގެއަށް ގެންގޮސްފައެވެ!"

    سبحانﷲ !! އެވަރަށް ދުވަސް ކޮށްލާފަވެސް ރަނގަޅުވެއްޖެ!!

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.