މެނީލާ އެއާޕޯޓުގައި އެމްބިއުލެންސް މަތިންދާބޯޓެއްގައި ރޯވެ 8 މީހުން މަރުވެއްޖެ

ފިލިޕީންސްގެ ވެރިރަށް މެނިލާގައި އޮންނަ ނިނޯއި އަކީނޯ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން އުޅުނު އެމްބިއުލެންސް މަތިންދާބޯޓެއްގައި ރޯވެ 8 މީހުން މަރުވެއްޖެއެވެ.

ބަލިހާލު ބޮޑު ކެނެޑާ މީހަކާއި އޭނާގެ އަނބިމީހާ ގޮވައިގެން ޓޯކިޔޯއަށް ފުރަން އުޅުން ލަޔަން އެއާގެ ޗާޓަރު ފްލައިޓް އާރޕީސީ 5880 އުދުއްސާލަން ވެެގެން ރަންވޭގައި ދުއްވާފައި ދަނިކޮށް މަތިންދާބޯޓުގައި އަލިފަން ރޯވީއެވެ. އަދި އެ ބޯޓުން ދަތުރުކުރި އެންމެން ވަނީ މަރުވެފައެވެ.

ފްލައިޓް މެނިފެސްޓްގައި ވާގޮތުން، ރޭ 8 ޖެހިއިރު (ރާއްޖޭ ގަޑިން އިއްޔެ ހަވީރު 5 ޖެހިއިރު) ފުރި އެ މަތިންދާބޯޓުން ދަތުރުކުރީ ބަލިމީހާގެ ދެމަފިރިންގެ އިތުރަށް، ތިން ޕައިލެޓުންނާއި، ޑޮކްޓަރަކާއި، ނަރުހަކާއި، ފްލައިޓް މެޑިކަލް އޮފިސަރެެވެ.

ސެނެޓަރ އަދި ފިލިޕީންސް ރެޑްކްރޮސްގެ ޗެއާމަން ރިޗަޑް ގޯޑަން ވިދާޅުވީ ހަދިސާ ހިނގިތަަނަށް އަލިފާން ނިވާ މީހުންނާ ސިއްހީ އެހީތެރިން ފޮނުވާފައި ވާކަމުގައެވެ.

"މި ހާދިސާ މިހާރު ދަނީ ތަހުގީގުކުރަމުން. ވީ މިވެނި ގޮތެކޭ ބުނާކަށް އަދި  އަހަރުމެންނަށް ނޭނގޭ. މަތިންދާބޯޓުން ދަތުރުކުރި އެންމެން ވަނީ މަރުވެފައި." މެނީލާ އިންޓަނޭޝަނަލް އެއާޕޯޓް އޮތޯރިޓީގެ ޖެނެރަލް މެނޭޖަރ އެޑީ މޮންރިޔާލް ވިދާޅުވިއެވެ.

މަތިންދާބޯޓުން ގެންދަން އުޅުނު ބަލިމީހާ ޓޯކިޔޯއަށް ގެންދަން އުޅުނީ ކީއްވެގެން ކަމެއެް އަދި އޭނާއަކީ ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް މީހެއް ކެމެއް ސާފުނުވެއެވެ.

ސިވިލް އޭވިއޭޝަންއޮތޯރިޓީ އޮފް ފިލިޕީންސްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެެެނެރަލް ކެޕްޓަން ޑޮން މެންޑޯޒާ ވިދާޅުވި ގޮތުގައި ފާއިތުވި ސެޕްޓެންބަރު މަހު ވެސް ލަޔަންއެއާގެ ޗާޓަރ އެމްބިއުލެންސް މަތިންދާބޯޓެއް ވަނީ ވެއްޓިފައެވެ. ނިއުޒީލޭންޑުގެ ބަލިމީހަކު ގޮވައިގެން ދަތުރުކުރި އެ މަތިންދާބޯޓު ވެއްޓުމުގެ ހާދިސާގައި 9 މީީހުން ވަނީ މަރުވެފައެވެ.

ކެޕްޓަރން މެންޑޯޒާ ވިދާޅުވިގޮތުގައި ލަަޔަން އެއާ އެމްބިއުލެންސް ޗާޓަރު މަތިންދާބޯޓުތަކުގެ ދަތުރުތައް މިއަދުން ފެށިގެން ނުކުރެވޭނެއެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.