އިންތިޚާބު ފަސްކުރުމުގައި ފަރުވާއެއް ހޯދައި ދެވޭނީ މަޖިލީހަށް – ރައީސް ނަޝީދު

އިންތިޚާބު ފަސްކުރުމުގެ ބާރު ލިބުގެން ވަނީ ހަމައެކަނި މަޖިލީހަށް ކަމަށް މޭރުން ވާގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު  ވާހަކަފުޅު ދައްކަވައިފިއެވެ. ރައީސް ނަޝީދު މިމޭރުމުން ވާހަކަ ދެއްކެވީ މިއަދު ކުރިއަށްދާ ރަށްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުރިއަށްދާ ލާމަރުކަޒީ ބިލަށް އިޞްލާޙު ގެނައުމުގެ ބިލްގެ ބަހުސް ހުޅުވާލެއް ވުމުގެ ކުރިން ދެއްކެވި ވާހަކަ ފުޅުގައެވެ.

ރައީސް ނަޝީދު މިމޭރުމުން ވާހަކަ ދައްކަވައިފައި ވަނީ މިހާރު ރާއްޖޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަހާ ގުޅިގެން ރާއްޖޭގެ ޙާލަތު އާއްމު ޙާލަތަކަށް އަންނަކަން އިޢުލާންކުރާ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތެއް އިންތިޚާބު ބޭއްވުމާ މެދު ލިބޭގޮތަށް އިންތިޚާބު ފަސްކޮށް ދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނުން މައްސަލައެއް ސްޕްރީމް ކޯޓަށް ވަށްދައިފައި ވަނިކޮށެވެ.

ލާމަރުކަޒީ ބިލުގެ ބަހުސްގެ ފުރުސަތު ހުޅުވާލުމުގެ ކުރިން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އިންތިހާބު ފަސް ކުރުމަކީ ނުވަތަ އިންތިހާބުގެ ތާރީހު ކަނޑައެޅުމަކީ ސުޕްރީމް ކޯޓަށް ނުވަތަ އެހެން ކޯޓަކަށް ވެސް ލިބިފައިވާ ބާރެއް ނޫން ކަމަށެވެ.

އިންތިޚާބު ފަސްކުރާނަމަ ފަސްކުރާނީ ކިހާމުއްދަތަކަށްތޯވެސް ވިސްނުން ބަހަށްޓަންޖެހޭ ކަމަށް ރައީސް ނަޝިދު ވިދާޅުވިއެވެ. އެޕަޑަމިކަލް ސާރވޭ އިން ދައްކާގޮތުން ރޯގާ ބަލި މަޑުކަމުން އަރައި ގަތުމަށް ތިން ހަތަރު މަސް ނަގާނެކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެމަށް ވިސްނުން ބެހެއްޓުމަކީ ގޮތެއް ނިންމެވުމުގައި މެމްބަރުންގެ މަސްއޫލިއްޔަތުގެ ގޮތުގައި ދެކުމަށް މަޖިލީހުގެ ރައީސް އެދި ވަޑައިގެނެނެވިއެވެ.

ލާމަރުކަޒީ ޤާނޫނަށް އިޞްލާޙު ހުށަހެޅުމުގެ ބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވަމުން ލާމަރުކަޒީ ކޮމެޓީގެ މުޤައްރިރު އަދި ހުޅުމާލޭ ދާއިރާގެ މެމްބަރ ޢަލީ ނިޔާޒު ވިދާޅުވީ އިންތިޚާބު ފަސް ކުރެވޭނީ ދެޙާލަތެއްގައި ކަމަށެވެ. އެއީ ހަނގުރާމަވެރި ހާލަތެއްގަޔާއި ބަލިމަޑުކަމެއްގެ ހާލަތުގައި ކަމަށެވެ. އެހެންކަމުން މިހާރު ރާއްޖޭގައި ފެތުރެމުންފާ ބަލި މަޑުކަމާ ގުޅިގެން އިންތިޚާބު ފަސް ކުރުމަށް އިލެކްޝަން ކޮމިޝަނުން ކޯޓަށް ހުށަހަޅައިފައިވާ ހުށަހެޅުމަކީ ރަނގަޅު ފިޔަވަޅެއްކަން ފާހަގަ ކުރެއްވިއެވެ. އަދި ބިރުވެރިކަމެއް ނެތި ކެމްޕޭންކޮށް ވޯޓް ލުމުގެ ފުރުޞަތު ލިބޭނެ ގޮތަށް 30 ދުވަހުގެ މުއްދަތެއް ލިބޭނެ ކަމުގެ ޔަޤީންވެސް، އިންތިޚާބު ފަސްކުރިނަމަވެސް ލިބޭނެކަމަށް، އިލެކްޝަނުން އިންތިޚާބުފަސް ކުރުމަށް ކޯޓަށް ވަށްދައިފައިވާ މައްސަލައަށް ޢިޝާރާތްކުރައްވައި ވިދާޅުވިއެވެ. ނަމަވެސް ކައުސިލް ތަކުގެ މުއްދަތާ މެދު ޤާނޫނުގައި ވަކި މުއްދަތު ކަނޑައަޅައިފައި ވަނިކޮށް އެކަމަށް ގޮތެއް ނިންމުމަކީ ކޯޓަކުން ވެސް އަދި އެއްވެސް އިދާރާއަކުން ވެސް ކުރެއްވޭނެ ކަމެއްކަމަށް ދެކެވަޑައި ނުގަންނަވާކަމަށް ވިދާޅުވިއެވެ. އެކަން ކުރެވޭނި ޤާނޫނަށް އިޞްލާހު ގެނެސް ގެންކަމަށް މެމްބަރ ޢަލީ ނިޔާޒު ވިދާޅުވިއެވެ. އެހެން ކަމުން ލާމަރުކަޒީ ޤާނޫނަށް ގެންން އިޞްލާހުގައި އެކަންނަކަމަށް ރިޢާޔަތް ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ. މިހާރު ހުށަހެޅިފައިވާ އިޞްލާހުގައި ކައުންސިލްގެ މުއްދަތާ މެދު ވަކި ގޮތަކަށް ކަނޑަ އެޅުމަށް ހުށަހަޅައިފައެއް ނުވެއެވެ. މިހާރު ހުށަހަޅައިފައިވާ ބިލުގައި ވަނީ އިދާރި ބައެއް އިޞްލާޙުތައް ގެނައުމަށެވެ. ކައުންސިލް އިންތިޚާބުގެ މުއްދަތު ޤާނޫނުގައި ކަނޑައަޅައިފައިވާ ގޮތުން ހަމަވާނީ 3 ޖޫން އަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.