އާސަންދަ ކުންފުނީގެ ރަސްމީގަޑިއަށް ބަދަލު ގެނެސްފި

މާދަމާއިން ފެށިގެން އާސަންދަ ކުންފުނީގެ ރަސްމީގަޑިއަށް ބަދަލު ގެންނަން އެކުންފުނީން މިއަދު ނިންމަވައިފިއެވެ.

އާސަންދަ ކުންފުނީން ވިދާޅުވީ މާދަމާއިން ފެށިގެން އެޕްރީލް 23 ގެ ނިޔަލަށް އެކުންފުނީގެ ރަސްމީގަޑިއެއްގެ ގޮތުގައި ހަމަޖައްސަވާފައިވާނީ ހެނދުނު 8:00 އިން ފެށިގެން މެންދުރު ފަހު 2:00 އަށް ކަމަށެވެ. އެކުންފުނީގެ މިހާރުގެ ރަސްމީގަޑިއަކީ ހެނދުނު 8:00 އިން ހަވީރު 4:00 އެވެ.

މާދަމާއިން ފެށިގެން ރަސްމީގަޑިއަށް ބަދަލު ގެންނަވަން އެކުންފުނީން ނިންމެވީ ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން އިތުރުވަމުންދާތީ އެކުންފުނީގެ މުވައްޒަފުންގެ ރައްކާތެރި ކަމަށް ވިސްނަވާފައެވެ.

މި ބަދަލާއެކު އިންވޮއިސްތައް ބަލައިގަންނަ ގަޑިއަށްވެސް ވަނީ ބަދަލު ގެނެސްފައެވެ. ކުރިން ހެނދުނު 8:30 އިން މެންދުރު ފަހު 3:30 އަށް ބަލައިގަންނަމުންއައި އިންވޮއިސްތައް މާދަމާއިން ފެށިގެން ބަލައިގަންނާނީ ހެނދުނު 8:30 މެންދުރު 1:30 އަށް ކަމަށް ވެސް އާސަންދަ ކުންފުނިން ވަނީ ވިދާޅުވެފައެވެ.

ރަސްމީގަޑި ނިންމުމަށްފަހު ހުރިހާ މުވައްޒަފުން ގެއަށްދިއުމަށާއި، އެޗުޕީއޭގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް އާސަންދަ ކުންފުނީން ވަނީ އެތަނުގެ މުވައްޒަފުންނަށް އިލްތިމާސް ކުރައްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.