އޮޕޯގެ ސްމާޓުފޯން ރާއްޖެއަށް ތަޢާރަފްކޮށް އިންސްޓޯލްމެންޓަށް ދޫކުރަން ފަށައިފި

އުރީދޫ ގުޅިގެން، އޮޕޯ އިން ރާއްޖޭގައި މުޅިން އަލަށް، އެކުންފުނީގެ ސަމާރޓްފޯނުތައް ރަސްމީކޮށް އިފްތިތާހު ކޮށްފިއެވެ.

މިއަދު ރާއްޖޭގައި ތައާރަފްކުރެވުނު ފޯނުތަކުގެ ތެރޭގައި، އޮޕޯ ރެނޯ2 އެފް، އޮޕޯ އޭ1ކޭ އަދި އޮޕޯ އޭ5 2020 ހިމެނެއެވެ. ރާއްޖޭގެ މާކެޓުގައި، އެންމެ ފުރިހަމަ އަގުގައި އޮޕޯގެ މި އައު ފޯނުތައް އުރީދޫއިން ލިބެން ހުންނާނެ ކަމަށް އެކުންފުނީންވަނީ ވިދާޅުވެފައެވެ. ކަސްޓަމަރުންނަށް ފޯނު ބައްލަވައިގަތުން އިތުރަށް ފަސޭހަކޮށްދިނުމަށް ވަރަށް ޚާއްސަ ޕްލޭންތަކެއްވެސްވަނީ ތައާރަފްކޮށްފައި ކަމަށް އުރީދޫން ވިދާޅުވިއެވެ.

މި އޮފަރގެ ތެރެއިން ބައްލަވައިގަންނަވާ ކޮންމެ ރެނޯ2 އެފް ފޯނަކާއި އެކު ސޯޝަލް މީޑިއާއަށް ޚާއްސަ 2 ޖީބީ ހިލޭ ޑޭޓާގެ އިތުރުން ޖޭބީއެލް ޓިއުން 115ބީޓީ ގެ ވައަރލެސް ހެޑްސެޓެއްވެސް މުޅިން ހިލޭ ލިބިގެންދާނެ ކަމަށް ވެސް އުރީދޫން ވިދާޅުވިއެވެ. އަދި ބައްލަވައިގަންނަވާ ކޮންމެ އޮޕޯ އޭ1ކޭ އަދި އޮޕޯ އޭ5 2020 ފޯނަކާއެކު ސޯޝަލް މީޑިއާއަށް ޚާއްސަ 1 ޖީބީ ހިލޭ ޑޭޓާ ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ފާއިތުވި 10 އަހަރުގެ ތެރޭގައި ޓެކްނޮލޮޖީގެ އާލާތްތައް އުފައްދާ ކުންފުންޏެއްގެ ގޮތުގައި ބައިނަލްއަގުވާމީ ޓެކްނޮލޮޖީ ދާއިރާގައި ކުރިއެރުން ހޯދާފައިވާ އޮޕޯ ކުންފުނިންވަނީ ފޯނުގެ ފޮޓޯގްރަފީއަށް ޚާއްސަ އަހަންމިއްޔަތު ކަމެއްދީގެން އީޖާދީ ސްމާރޓް ފޯނުތަކެއް ނެރެ މީހުންގެ މަގުބޫލުކަން ހޯދާފައެވެ. ހަމަ އެގޮތުން އުރީދޫ މޯލްޑިވްސް އާއި އެކު ރާއްޖެއަށް މިއަދު ތަޢާރަފްކުރި އޮޕޯ ފޯނުތަކަކީވެސް ތަފާތު ސްޕެސިފިކޭޝަންތަކާއި އެކު އުފައްދާފައިވާ، ބައްލަވައިގަންނަން ފަސޭހަ އަގުތަކެއްގައި މާކެޓްކުރެވިފައިވާ ފޯނުތަކެކެވެ.

ފުލް ޕޭމަންޓް ޕްލޭން

މި ޕްލޭން މެދުވެރިކޮށް އުރީދޫ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް އެންމެ ރަނގަޅު އަގުގައި، ޚާއްސަ އޮފަރގެ ތެރެއިން ފޯނުތައް ބައްލަވައިގަނެވޭނެ ކަމަށް ވިދާޅުވެފައިވެއެވެ.

އަގު (ރފ.) ސްޓޯރޭޖް ހޭންޑްސެޓް
2,499 32 ޖީބީ އޮޕޯ އޭ1ކޭ
4,999 128 ޖީބީ އޮޕޯ އޭ5 2020
8,249 128 ޖީބީ ރެނޯ2 އެފް

މަހުންމަހަށް ފައިސާދައްކާ ޕްލޭން.

މަހަކު އެންމެ ކުޑަ އަދަދެއްގެ ގޮތުގައި 333 ރުފިޔާ ދައްކަވައިގެން، މިއަދު ލޯންޗްކުރެވުނު ފޯންތައް އުރީދޫ ކަސްޓަމަރުންނަށް ބައްލަވައިގަނެވޭނެ 6 މަހުގެ އިންސްޓޯލްމަންޓް ޕެކޭޖްތަކެއްވެސް ވަނީ ފަށާފައެވެ. ފުލް ޕޭމަންޓް ޕްލޭނެކޭ އެއްގޮތަށް، އިންސްޓޯލްމަންޓް ޕްލޭންގެ ދަށުން ބައްލަވައިގަންނަވާ ކަސްޓަމަރުންނަށްވެސް ހިލޭ ޑޭޓާ އަދި ރެނޯ ސީރީސްގެ ފޯނާއި އެކު ލިބޭ ޖޭބީއެލް ޓިއުން 115ބީޓީ ގެ ވައަރލެސް ހެޑްސެޓެއްވެސް ލިބިގެންދާނެއެވެ.

އޮޕޯގެ މި އައު ފޯނުތައް އުރީދޫގެ އީ ކޮމަރސް ޕްލެޓްފޯރމް މޫލީ މެދުވެރިކޮށް ބައްލަވައިގަނެ، ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ގެންގޮސްދެވޭނެއެވެ. މޫލީ މެދުވެރިކޮށް ބައްލަވައިގަތުމަށް: http://ore.do/app އަށް ޒިޔާރަތް ކުރަށްވާށެވެ. އިންސްޓޯލްމަންޓް ޕެކޭޖްއެއް މެދުވެރިކޮށް އޮޕޯގެ ފޯނުތަށް ޚިޔާރުކުރައްވަން ބޭނުންފުޅުވާނަމަ، އުރީދޫ އެކްސްޕީރިއަންސް ސެންޓަރުތަކުން އެހީތެރިކަން ލިބިވަޑައިގަންނަވާނެ ކަމަށް އެކުންފުނިން ވިދާޅުވިއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.