އެސްޓީއޯ ރަމަޟާން ބާޒާރު ފަށައި، އިނާމަކަށް ޢުމްރާ ދަތުރުތަކެއް

ގިނައިނާމުތަކެއް ލިބޭގޮތަށް އެސްޓޯއީން މިއަހަރުގެ ރަމަޟާން ބާޒާރު މިއަދު ފަށައިފިއެވެ.

މިއަދު ފެށި ރަމަޟާން ބާޒާރު ފެށުމުގެ ރަސްމިއްޔާތު ބޭއްވީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގައެވެ. ބާޒާރު ފަށްޓަވައި ދެއްވީ އެކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޙުސައިން ޢަމްރު މުޙައްމަދު ރަޝާދެވެ.

މިއަދު ފެށި ބާޒާރު  ފެބްރުއަރީ 23 އިން މެއި މަހުގެ 30 އަށް ކުރިއަށް ގެންދާނެ ކަމަށް އެސްޓީއޯއިން ވަނީ ވިދާޅުވެފައެވެ.  ރަމަޟާން ބާޒާރުގައި ކޮންމެ 1000 ރުފިޔާއަކަށް ކޫޕަނެއް ލިބިވަޑައިގަންނަވާނެއެވެ. ބާޒާރު ނިމުމުން އެއްވަނަށް ހޮވޭ ފަރާތަކަށް 4 ބޭފުޅެއްގެ އުމުރާ ޕެކޭޖެއް ލިބޭނެއެވެ. ދެވަނަ އަދި ތިންވަނަ ފަރާތަށްވެސް އިނާމުގެ ގޮތުގައި ކަނޑައެޅިފައިވަނީ އުމްރާ ދަތުރެވެ. އެގޮތުން ދެވަނައަށް ހޮވޭ ފަރާތަކަށް ދެ ބޭފުޅަކަށް އުމްރާ ދަތުރު ލިބޭނެއެވެ. ތިންވަނައަށް ހޮވޭފަރާތަށްވެސް އުމްރާ ދަތުރެއް ލިބޭނެ ކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ. މީގެ އިތުރުން ހަފްތާއަކު އެއްފަހަރު ނެގޭ ގުރުއަތުގައިވެސް 10000 ރުފިޔާއާއި 20000 ރުފިޔާއާ ދެމެދުގެ އަގުހުރި އިނާމެއް ލިބޭނެ ކަމަށް އެކުންފުނީން ވިދާޅުވިއެވެ.

މި ބާޒާރުގައި އެކި ބާވަތުގެ މުދަލުން 40 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ. އޭގެ އިތުރުން ހޯމް އިމްރޫވްމަންޓުން ވިއްކާ ބައެއް ބްރޭންޑްތަކުގެ މުދަލާއެކު ވަގުތުން ހަދިޔާ ދިނުމަށްވެސް ހަމަޖެހިފައިވާ ކަމަށް އެތަނުން ވިދާޅުވިއެވެ. އެގޮތުން 10000 ރުފިޔާއިން މަތީގެ މަކީޓާގެ ކޮންމެ ވިޔަފާރިއަކާއެކު އިނާމެއް ލިބޭނެއެވެ. އޭގެ އިތުރުން ކޮންމެ ހަފާތާއެއްގެ ބުރާސްފަތި ދުވަހުގެ ރޭ މަކީޓާ ބުރުމާ ބޭނުންކޮށްގެން ތޮރުފުމުގެ މުބާރާތެއް ކުރިޔަށްގެންދިއުމަށްވަނީ ހަމަޖެހިފައެވެ. ރަމަޟާން ބާޒާރުގައި އެސްޓީއޯއިންވަނީ އެ ކުންފުނިން ވިއްކާ ނިޕޯން ވިނިލެކްސް އަދި ނިޕޯން ވިނީލް ސިލްކް ރޭންޖްގެ ކުލަތަކުންވެސް 15 ޕަސެންޓުގެ ޑިސްކައުންޓެއް ދޭން ފަށައިފައެވެ. މީގެ އިތުރުން

އާއްމުންގެ މެދުގައި މަގުބޫލު ފިލިޕްސް އެއަރފްރައިޔަރ އެކުވެސް ހަދިޔާއެއް ލިބިގެންދާނެ ކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.