ޓެރަރިޒަމްގެ މައްސަަލައަކާ ގުޅިގެން ނައިފަރުގައި ތިން ގެ ބަލައި ފާސްކޮށްފި

ޓެރަރިޒަމްގެ މައްސަލައަކާ ގުޅިގެން ޅ.ނައިފަރު ތިންމީހެއްގެ ގެ ބަލައި ފާސްކޮށްފިއެވެ.

ފުލުހުން ވިދާޅުވީ އެ ގެތައް ބަލައި ފާސްކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު ހަވީރު ފުލުހަށް ހުށަހަޅާފައިވާ ޓެރަރިޒަމްގެ މައްސަލައަކާ ގުޅިގެން ކަމަށެވެ. އެ ތިން މީހުންގެ ގެތައް ބަލައި ފާސްކޮށްފައިވަނީ ކޯޓް އަމުރެއްގެ ދަށުން އިއްޔެ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ގެތައް ބަލައި ފާސް ކުރުމުގައި ފޯނަކާއި އިލެކްޓްރޯނިކް ބައެއް ސާމާނު ފުލުހުންގެ ބެލުމުގެދަށް ގެންގޮސްފައިވެއެވެ. ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށެވެ. މައްސަލާ ބެހޭ އިތުރު ތަފްސީލެއް ވެސް ނުދެއްވައެވެ. އެ މައްސަލަ ބައްލަވަމުން ގެންދަވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މީގެ ކުރިންވެސް ފުލުހުން ބައެއް ރަށްރަށުގައި ހިންގި އޮޕަޜޭޝަން ތަކުގައި ޓެރަރިޒަމަށް ޝައްކު ކުރެވޭ ބައެއް މީހުން ވަނީ ބަންދުކޮށްފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.