ޖަރުމަނުގެ ދެ ބާއަކަށް ހަމަލާދީ 9 މީހުން މަރާލައިފި

ހަމަލާދިން ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ

ބުދަދުވަހުގެ ރޭ ޖަރުމަނުގެ ހުޅަނގުގެ ރަށެއް ކަމުގައިވާ ހަނާއުގައި ދެ 'ޝީޝާ ބާ' އަށް ދިން ހަމަލާތަކަކަށްފަހު 11 މީހުން މަރުވެ 5 މީހުން ޒަޚަމްވެއްޖެއެވެ.

ފުރަތަމަ ހަމަލާ ދީފައި ވަނީ ރޭ 10 ޖެހިއިރު، އެ ރަށުގެ މެދުތެރޭގައި ހުންނަ މިޑްނައިޓް ބާއަށެވެ. މިހަމަލާއަށް ފަހު ހަަމަލާދިިން މީހާ އޭނާގެ ކާރުގައި ފިލައިގެން ދިޔަައީއެވެ. އޭގެ ތަންކޮޅެއް ފަހުން، ކައިރީގައި ހުރި އެރީނާ ބާއަށް ވަދެ އޭނާ ވަނީ ބަޑިޖަހާފައެވެ.

ފުލުހުން ބުނި ގޮތުގައި ފްރެންކްފާޓްއާ 20 ކިލޯމީޓަރު ދުރުގައި އޮންނަ އެ ރަށުގައި ހިނގި މިހާދިސާގައި ބަޑިޖެހި މީހާ ވަނީ ދެ ބާގައި ތިބި މީހުންގެ ގަޔަށް ބަޑި ޖަހައި 9 މީހަކު މަރާލުމަށް ފަހު އެ ސަރަހައްދުން ފިލާފައެވެ.

ނަމަވެސް، ފުލުހުން ފަހުން ބުނި ގޮތުގައި ބަޑިޖެހި މީހާގެ ގޭގައި އޭނާ މަރުވެފައި އޮއްވާ ފެނިފައިވާއިރު، އެގެއިން އެހެން މީހެއްގެ ހަށިގަނޑުވެސް ވަނީ ފެނިފައެވެ. ފުލުހުން ދަނީ މަރުވެފައިވާ މީހުން އެއީ ކޮން ބައެއްކަން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ.

ފަހަކަށް އައިސް ކަނާތު ފިޔައިގެ ހައްދު ފަހަނައަޅާފައިވާ މީހުންގެ ހަމަލާތައް ޖަރުމަނުގައި އިތުރުވެފައިވާކަން ފާހަގަކޮށްލެވެެއެވެ.

ފާއިތުވި އޮކްޓޯބަރު މަހުގެ ތެރޭގައި ހަޔޫދީންގެ ދީނީ އެެއްވުމަކަށް ދިން ހަމަލާއެެއްގައި 2 މީހަކު މަރާލާފައި ވެއެވެ. އަދި ޖަރުމަނުން ރެފިއުޖީން ބަލައިގަތުމަށް ތާއީދުކުރާ ސިޔާސީ ލީޑަރެއްގެ ގަޔަށް ފާއިތުވި ޖޫން މަހު ވަނީ ބަޑިޖަހާފައެވެ.

މި މަހުގެ 14 ވީ ހުކުރު ދުވަހު ފުލުހުން ވަނީ ނިއުޒީލޭންޑުގައި ދިން ފަދަ ބިރުވެރި ހަމަލާތަކެއް މިސްކިތްތަކަށް ދިނުމަށް ރާވަމުން ދިޔަ، ކަނާާތު ފިޔައިގެ ހައްދު ފަހަނައަޅާފައިވާ ޖަމާއަތެެއްގެ 12 މެންބަރުން ހައްޔަރުކޮށްފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.