މަރުވެފައި އޮތް ފަތުރުވެރިއަކު ކެނަރީފް ރިސޯޓުން ފެނިއްޖެ

އައްޑޫސިޓީގައި ހިންގާ ކެނަރީފް ރިސޯޓުގެ ކޮޓަރިއެއްގައި ފަތުރުވެރިއަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ މަރުވެފައި އޮއްވައި ފެނިފައިވަނީ އުމުރުން 62 އަހަރުގެ އިޓަލީގެ ފިރިހެން ފަތުރުވެރިއެއް ކަމަށެވެ. އެމައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 7:8 އެހައިކަންހާއިރު ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ. ކެނަރީފް ރިސޯޓަކީ ހުޅުދޫކައިރީގައި އޮންނަ ރިސޯޓެކެވެ. އޭނާ މަރުވެފައިވާކަން ކަށަވަރު ކޮށްދެއްވާފައިވަނީ ހުޅުދޫ ސިއްހީ މަރުކަޒުންނެވެ.

އެމީހާގެ ހަށިގަނޑު މޯޗަރީ އަށް ލުމަށްޓަކައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެނައުމުގެ މަސައްކަތްމިހާރު ކުރަމުންދާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ފުލުހުން ގެންދަނީ މިކަން ބަލަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.