ހެޕީމާކެޓުގެ ޑިސްޓްރިބިޔުޝަން ސެންޓަރެއް ކުޅުދުއްފުށީގައި ގާއިމް ކޮށްފި

ހެޕީމާކެޓުގެ ޑިސްޓްރިބުޔުޝަން ސެންޓަރެއް ކުޅުދުއްފުށި ސިޓީގައި ހުޅުވައިފިއެވެ.

ހެޕީމާކެޓަކީ ފިނިކުރި ކާބޯތަކެތީގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ އަމިއްލަ ކުންފުންޏެކެވެ. އެކުންފުނިން މިޚިދުމަތް ދެމުން އަންނަތާ މިހާރު 28 އަހަރު ވަނީ ވެފައެވެ.

އެކުންފުނިން ކުޅުދުއްފުށި ސިޓީގައި ގާއިމުކުރި ސެންޓަރަކީ އުތުރުގެ ރަށްރަށަށް ފަސޭހަކަމާއެކު ކުންފުނީގެ ޚިދުމަތް ފޯރުކޮށްދިނުމަށް ހުޅުވި ސެންޓަރެކެކެވެ. އެ ސެންޓަރުގެ އިތުރުން ފިހާރައެއް ވެސް އެކުންފުނީން ވަނީ ކުޅުދުއްފުށީގައި ހުޅުވައިފައެވެ. ސެންޓަރާއި ފިހާރަ އެ ސިޓީގައި ހުޅުވާފައިވަނީ ރޭގައެވެ.

ޑިސްޓްރިބިޔުޝަން ސެންޓަރާއި ފިހާރަ ހުޅުވައި ދެއްވީ އެކަމަށް ޚާއްސަކޮށްގެން ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި  ކުޅުދުއްފުށީ އުތުރު ދާއިރާގެ އިއްޒަތްތެރި މެންބަރު، ޔާސިރް އަބްދުލް ލަތީފެވެ. މި ހަފްލާއަށް ހދ. ކުޅުދުއްފުށީގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންވެސް ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން ހެޕީމާކެޓްގެ ސީނިއަރ މެނޭޖްމެންޓްގެ ވަރަށް ގިނަ ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. ހެޕީމާކެޓްގެ ޑިސްޓްރިބިއުޝަން ސެންޓަރެއް ކުޅުދުއްފުށި ސިޓީ ގައި ގާއިމްކުރުމުގެ މައިގަނޑު މަގްސަދަކީ ހެޕީމާކެޓުން ޑިސްޓްރިބިއުޓް ކުރާ ހުރިހާ ކާބޯތަކެއްޗެއް އަތްފޯރާ ފަށުގައި ތިލަދުންމަތީގެ ރަށްރަށަށް މާލެ ނުގޮސް ފަސޭހަކަމާއި އެކީ ފޯރުކޮށްދިނުން ކަމަށް ހެޕީމާކެޓުން ވިދާޅުވިއެވެ. ޚާއްސަކޮށް ފިނިކުރި މުދާ އޭގެ އެންމެ ތާޒާ ކަންމަތީ ފޯރުކޮށް ދިނުމަކީ އެކުންފުނީގެ އެއް މަގުސަދެވެ.

ކުޅުދުއްފުށި ސިޓީގައި ހުޅުވި ފިހާރައިން މާލޭގެ ފިހާރަތަކުން ލިބޭ ހުރިހާ ޚިދުމަތްތަކެއް ލިބޭނެ ކަމަށް ހެޕީމާކެޓުން ވިދާޅުވިއެވެ.

މިއީ ހެޕީމާކެޓުން ރާއްޖޭގައި ގާއިމްކުރި ތިންވަނަ ޑިސްޓްރިބިއުޝަން ސެންޓަރެވެ. ހެޕީމާކެޓްގެ ފުރަތަމަ ޑިސްޓްރިބިއުޝަން ސެންޓަރ ގާއިމްކޮށްފައިވަނީ މާލޭގައެވެ. ދެވަނަ ސެންޓަރ އައްޑޫސިޓީގައެވެ.

ހެޕީމާކެޓްގެ ޖުމްލަ 10 ފިހާރަ ހުޅުވިފައިވާއިރު، ހެޕީމާކެޓްގެ ފުރަތަމަ އެކްސްޕީރިއެންސް ސެންޓަރ އަންނަ ފެބްރުއަރީ މަހު ހުޅުމާލޭގައި ހުޅުވުމަށްވެސް ވަނީ ހަމަޖެހިފައެވެ. ހެޕީމާކެޓްގެ އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އެންމެ ފެންވަރު ރަނގަޅު ކާބޯތަކެތި ހެޔޮ އަގުގައި އޭގެ އެންމެ ތާޒާކަންމަތީގައި ފޯރުކޮށް ދިނުން ކަމަށް އެތަނުން ވިދާޅުވިއެވެ.

މި ޚިދުމަތް ތައާރަފްކުރުމުގެ ގޮތުން ރޭ ބޭއްވި ރަސްމިއްޔާތުގެ އިތުރުން މިއަދު ކުޑަކުދިންނަށް ޚާއްސަ ހަވީރެއް ހެޕީމާކެޓް ފިހާރަ ހުންނަ ސަރަހައްދުގައި ކުރިއަށް ދިޔައެވެ. މިހަވީރުގައި ހެޕީމާކެޓްގެ ގިނަ ޕްރޮޑަކްޓްތަކެއް ތަޖްރިބާކޮށްލެއްވުމުގެ އިތުރުން މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއްވެސް ކުރިއަށް ދިޔައެވެ. މިހަވީރު ކުރިއަށް ގެންދިޔައީ ހަވީރު 4:00 އިން 6:00 އަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.