ކޯޓުން ބޭރުން ކައިވެނިކުރި މައްސަލައެއްގައި ދެމީހަކު ބަންދު ކޮށްފި

ޢުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާ ކޯޓުން ބޭރުން ކައިވެނިކޮށް އެކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި "ފިރިމީހާ" އާއި އެ ކުއްޖާގެ މަންމަ ބަންދު ކޮށްފިއެވެ.

އެ މީހުން ބަންދުކޮށްފައިވަނީ ފުއްވައްމުލަކު ސިޓީންނެވެ. އެމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ފިރިމީހާ ކަމަށް ބުނާ 39 އަހަރުގެ މީހަކާއި އުމުރުން 35 އަހަރުގެ އެކުއްޖާގެ މަންމައެވެ. މަންމަ ބަންދު ކުރީ ކުއްޖާއާ މެދު އިހުމާލުވި ކަމަށް ބުނެއެވެ.

ބަންދުކުރި ފިރިހެން މީހާއަކީ ހަރުކަށި ފިކުރު ގެންގުޅޭ މީހެއް ކަމަށާއި މީގެ ކުރިން ވެސް އޭނާ ވަނީ އަށާރަ އަހަރު ނުވާ ކުދިންނާ ގަދަކަމުން ބެހިފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ފުލުހުން މިހާރު އަންނަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.

ހަރުކަށި ފިކުރުގެ  ހަތް މީހުން މިހާތަނަށް ވަނީ ބަންދު ކޮށްފައެވެ. އެއީ އއ. އުކުޅަހުން މީހަކާއި ރ. މަޑުއްވަރީން 6 މީހެކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.