ބޯޅަހޮވާ ކުއްޖާ ލައްވައި ދޮންކެޔޮވަކެއް ނޮޅުވަން ފަރަންސޭސި ޓެނިސް ކުޅުންތެރިއަކު އުޅެފި

އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގައި ފަރަންސޭސި ޓެނިސް ކުޅުންތެރިއެއް ކަމުގައިވާ އިލިއޮތް ބޮންޝީތްރީ އާދަޔާ ޚިލާފު ކަމެއް ކޮށްފިއެވެ.

އޭނާ ކުޅުނު މެޗެއްގެ ހުސް ވަގުތުކޮޅުގެ ތެރޭގައި ކާން އުޅުނު ދޮންކެޔޮ ވައް ބޯޅަހޮވާ ކުއްޖެއްގެ އަތަށް ދީފައި ނޮޅައި ދޭށޭ ބުނެފިއެވެ. ބޯޅަހޮވަން ހުރީ އުމުރުން 21 އަހަރުގެ އަންހެން ކުއްޖެކެވެ. އޭނާ އަމިއްލައަށް ދޮންކެޔޮވައް ނުނޮޅޭނޭ ކަމަށް ބުނީ އިނގިލީގައި އޮއްޓު އަޅާފައި ހުރީމައެވެ.

ބޯޅަހޮވާ ކުއްޖާ ދޮންކެޔޮވައް ނޮޅަން އުޅުނު ވަގުތު އަމްޕަޔަރު އެކަން މަނާކޮށްފިއެވެ. އަދި އަމިއްލައަށް ނޮޅަން އިލިއޮތަށް އަންގައިފިއެވެ. ދޭން އޭނާ އުޅުނީ އަނގައިން ނޮޅޭތޯއެވެ.

އޭނާގެ މި އަމަލާ ގުޅިގެން ސޯޝަލް މީޑިއާގައި އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔަމުން އެބަދެއެވެ.

އިލިއޮތަކީ ޓެނިހުގައި ދުނިޔޭގެ 231 ވަނައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.