ބަންޑުންޖަހާލައިފައިވާ ބޯޓެއް ވައްތަރު އެއްޗެއްނާލާފުށީ ބޭރުން ފެނިއްޖެ

މ. އަތޮޅު ނާލާފުށީ 100 މީޓަރު މޭރުން ބަންޑުންޖަހާލައިފައިވާ ބޯޓެއް ވައްތަރު އެއްޗެއް ފެނިޖެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެފެނުގެން ކޯސްޓުގާޑުން މިހާރު ގެންދަނީ ހަރަކާތްތެރިވަމުން ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މިކަމާ ބެހޭ ގޮތުން ފުލުހުން ވިދާޅުވީ އެއީ ލަންކާގެ މަސްބޯޓެއް ކަމަށެވެ. ބޯޓު ބަންޑުން ޖަހާލައިފައިވާ ސަރަހައްދުން މިހާތަނަށް އެއްވެސް މީހަކު ފެނިފައި ނުވާކަމަށާއި އިތުރަށް އެސަރަހައްދު ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ރާއްޖޭގެ ސަރަހައްދަށް ލަންކާގެ މަސްބޯޓުވަނުމަކީ އާންމު ކަމެކެވެ. އަދި ހާލުޖެހިގެން އުޅޭ ބޯޓު ފަހަރުވެސް ރާއްޖޭގެ ސަރަހައްދުން ދޭތެރެދޭތެރެއިން ފެނެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.