ހުޅުމާލޭގައި ރޭ ހިނގި ހަމަނުޖެހުމުގައި ސަތާރަ ފުލުހަކަށް އަނިޔާވި

ހުޅުމާލޭ 108 ނަމްބަރު ފުލެޓު ކައިރީ ރޭ ހިނގި ހަމަނުޖެހުމުގައި 17 ފުލުހަކަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުންނާއި ޖެންޑަރ މިނިސްޓްރީން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވިދާޅުވީ އަނިޔާވި ފުލުހުންގެ ތެރޭގައި ސީރިއަސް އަނިޔާތަކެއް ލިބުނު ފުލުހުން ވެސް ހިމެނޭ ކަމަށެވެ.

މި ހާދިސާ ހިނގީ ކަނޑުހުޅުދޫގައި ތުއްތު ކުއްޖަކު ރޭޕުކުރި މައްސަލައާ ގުޅިގެން އެކުއްޖާގެ ބައްޕަ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް އާންމުން ބާރު އަޅައި އަޑު އުފުލުމުގެ ތެރޭގައެވެ. ފުލުހުން ވިދާޅުވީ އެ ކަންކުރުމުގެ ތެރޭގައި އަނެއްކާވެސް އެވަނީ ކަންބޮޑުވާ ކަންތައްތައްތަކެއް ހިނގާފައި ކަމަށެވެ.

ރޭގެ ހަމަނުޖެހުމުގައި ފުލުހުންވަނީ ޖުމްލަ 27 މީހުން ބަންދުކޮށްފައެވެ. ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. އޭގެ ތެރޭގައި ހިމެނެނީ 26 ފިރިހެނަކާއި އެއް އަންހެނެކެވެ. އެ 27 މީހުންގެ ތެރޭގައި 18 އަހަރު ނުފުރޭ ތިން ކުދިންވެސް ހިމެނުނެވެ. ރެއިން ރެއަށް ފުލުހުން ވަނީ އެކުދިން އާއިލާއާ ހަވާލުކޮށްފައެވެ.

އަދި އިތުރު 4 ފިރިހެނަކާއި އަންހެނަކު ރޭ ވަނީ ދޫކޮށްލައިފައެވެ. މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރުތިބީ 19 މީހުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.