ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު އަވަހަށް ދައުވާ ކުރުމަކީ މުހިންމުކަމެއް: ޕީޖީ

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު އަވަހަށް ދައުވާ ކުރުމަކީ މުހިންމުކަމެއް  ކަމަށް ޕްރޮސެކިއުޓަރޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެ ފަދަ މައްސަލަތައް ތަހުގީގުކޮށް ވީހާވެސް އަވަހަށް އެމައްސަލަ ޝަރީއަތަށް ފޮނުވަންޖެހޭ ކަމަށެވެ. "ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްސަލަތައް އަވަހަށް ތަހުގީގުކޮށް ދައވާ ކުރުމަކީ މުހިންމު ކަމެއް،" ޕީޖީ ވިދާޅުވެފައިވެއެވެ.

އެކަންއެގޮތަށް ކުރުމުގެ މަސައްކަތް ޕްރޮސެކިއުޓަރޖަނެރަލް އޮފީހާއި ޕޮލިހުން ގުޅިގެން ހިނގަމުންދާ ކަމަށްވެސް ޝަމީން ވަނީ ވިދާޅުވެފައެވެ. "އަވަހަށް ޝަރީއަތް ނިންމުމަކީވެސް އެހާ މުހިންމު ކަމެއް. ނިޒާމު ހިނގާކަން އިހްސާސްވާންޖެހޭ،" ޕީޖީ ވިދާޅުވެފައިވެއެވެ.

މީޕީ މިފަދައިން ޓުވީޓެއް މިކުރެއްވީ ދެކުނުގެ ރަށެއްގައި ތުއްތު ކުއްޖަކު ރޭޕުކުރި މައްސަލަ ހޫނުވެފައިވާ ވަގުތެއްގައެވެ. ތުއްތު ކުއްޖާ ރޭޕް ކުރި މައްސަލާގައި ވަނީ އުމުރުން 62 އަހަރުގެ މީހަކާއި 81 އަހަރުގެ މީހަކު މިއަދު ބަންދުކޮށްފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.