ފުލުހުންގެ ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ ލަތީފާ، ޗީފް އޮފް ޑިފެންސް ފޯސް ބައްދަލު ކުރައްވައިފި

ފުލުހުންގެ ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ އިބްރާހީމް ލަތީފާ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލު ބައްދަލުކުރައްވައިފި އެވެ. މިބައްދަލު ކުރެއްވުމުގައި ޗީފް އޮފް ޑިފެންސް ފޯސް ވަނީ ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ ލަތީފް ރާއްޖޭގެ ޤައުމީ ދިފާޢީ ނިޒާމު ހަރުދަނާކޮށް ކުރިއެރުވުމަށް ކުރެއްވި މަސައްކަތްޕުޅުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުން ޚާއްޞަ ހަދާނީ ފޮޓޯ އެއްވެސް އަރުވައިފައެވެ.

ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ އިބްރާހީމް ލަތީފަކީ އެމްއެންޑީއެފްގެ ކުރީގެ ސީނިއަރ އޮފިސަރެކެވެ. ފުލުހުންނާއި ސިފައިން ވަކިވެ ވަކި މުއައްސަސާއެއްގެ ގޮތުގައި ފުލުހުންގެ އިދާރާ ހިންގަން ފެށުމާއެކު ފުލުހުންގެ ތަރައްޤީއަށް އެންމެ ބުރަ މަސައްކަތެއް ކުރެއްވި އެއް ބޭފުޅަކީ ލަތީފެވެ. ޒުވާނުން ފުލުހުންގެ ތެރެއަށް ވެއްދުމަށާއި، ފުލުހުންގެ ތަމްރީންތައް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއްކުރެއްވިއެވެ. ރައްޔިތުންނާ ފުލުހުންނާ އޮތް ގުޅުހުން ހަރުދަނާކޮށް ފުލުހުންގެ ތަޞައްވަރު ރަނގަޅު ކުރުމަށް މީޑިއާތައް މެދުވެރިކޮށް އިންތިހާއަށް އޭނާ މަސައްކަތްކުރެއްވިއެވެ. މިހާރު ލަތީފަކީ ވެސްޓަން އޮސްޓްރޭލިއާގެ ޕޮލިސް ފޯސްގެ ސްޓްރެޓެޖިކް އެޑްވައިޒަރެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.