ސިޓީ އިންސްޕެކްޓަރުން އުފައްދަވަން އައްޑޫސިޓީ ކައުންސިލުން ނިންމަވައިފި

އައްޑޫސިޓީގައި ސިޓީ އިންސްޕެކްޓަރުން އުފައްދަވައި އެމީހުން މެދުވެރިކޮށް ސިޓީގެ އަވަހަށްތައް ބެލެހެއްޓުމުގެ މަސައްކަތް މިއަހަރު ފަށާނެ ކަމަށް އައްޑޫސިޓީގެ މޭޔަރު ޢަބްދުﷲ ސާދިގު ވިދާޅުވެއްޖެއެވެ.

އައްޑޫސިޓީ ކައުންސިލުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޢަބްދުﷲ ސާދިގު ވިދާޅުވީ ސިޓީ އިންޕެކްޓަރުންގެ ޒިންމާއަކީ ރަށުތެރޭގައި މީހުންކުރާ ގާނޫނާ ޚިލާފު ކަންކަން ބެލުމަށްފަހު ސިޓީކައުންސިލަށް ރިޕޯޓު ކުރުން ކަމަށެވެ.

އެގޮތުން ހިތަދޫގައި 6 އިންސްޕެކްޓަރުން މަރަދޫގައި ދެ އިންސްޕެކްޓަރުން، މަރަދޫ ފޭދޫގައި ދެ އިންސްޕެކްޓަރުން، ފޭދޫގައި ދެ އިން ޕެކްޓަރުން، ހުޅުދުއާއި މީދޫގައި 2 އިންސްޕެކްޓަރުން މިއަހަރު ނަގައި ހަރަކާތްތެރި ވަމުން ގެންދާނެ ކަމަށެވެ.

އިންސްޕެކްޓަރުން ބަލާނެ ކަންކަމުގެ ތެރޭގައި ގަވާއިދާ ޚިލާރަށް ރަށުން ވެލި ނަގާތޯ ބެލުމާއި، މަނާ ސަރަހައްދުތަކަށް ކުނި އަޅާ މީހުން ބެލުމާއި، ފިހާރަތަކުގެ މުދަލުގައި އަގުޖަހާފައިހުރިތޯ ބެލުން ފަދަ އެތައް ކަމެއް ހިމެނޭ ކަމަށެވެ.

"އެއީ ފިޔަވަޅު އަޅާ ބައެއްނޫން. އެއީ ކަމާބެހޭ ފަރާތްތަކަށް ރިޕޯޓު ކުރާބައެއް. އެމީހުން ކުރާ ރިޕޯޓުގެ މައްޗަށް ބިނާކޮށް ކަމާބެހޭ ފަރާތްތަކުން ފިޔަވަޅުއަޅުން ގެންދާނީ،" ޢަބްދުﷲ ސާދިގު ވިދާޅުވިއެވެ.

އަބްދުﷲ ޞާދިގު ވިދާޅުވީ ރައްޔިތުންނާމެދު ފިޔަވަޅު އެޅުމަކީ އެއްގޮތަކަށް ވެސް ކައުންސިލުން ކުރަން ބޭނުންވާ ކަމެއްނޫން ކަމަށެވެ. އެހެންނަމަވެސް ކައުންސިލްގެ އިހުތިސާސުގެ ތެރެއިން ގާނޫނު ތަންފީޒު ކުރުމަކީ ކައުންސިލުން ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން ގާނޫނާއި ގަވާއިދާ ޚިލާފުވާ ފަރާތްތަކުން އިސްލާހުގެ މަގަށް ރުޖޫއަވުމަކީ އެންމެ ހެޔޮގޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.