ހައިކޯޓްގެ އިސް ފަނޑިޔާރު ޝުޖާޢުގެ ސުލޫކީ މައްސަލައެއް ބަލަނީ

ހައިކޯޓްގެ އިސްފަނޑިޔާރު ޝުޖާޢު ޢުޘްމާނުގެ ސްލޫކީ މައްސަލައެއް ބެލުމަށް ޖުޑިޝަލަ ސާރވިސް ކޮމިޝަން ( ޖޭއެސްސީ) އިން ނިމަވައިފިއެވެ. ޖޭއެސްސީ އިން މިގޮތަށް ނިނަމައިފައި ވަނީ އިއްޔެ ބޭއްވި އެކޮމިޝަންގެ ބައްދަލުވުމުގައެވެ.

ހައިކޯޓްގެ އިސްފަނޑިޔާރު ޝުޖާޢު ޢުޘްމާނުގެ ސްލޫކީ މައްސަލައެއް ބެލުމަށް ޖުޑިޝަލަ ސާރވިސް ކޮމިޝަނުން ވަނީ ތަޙްޤީޤްކޮމެޓީއެއް އެކުލަވާ ލައްވައިފައެވެ. މި ތަޙްޤީޤް ކޮމެޓީން ވަނީ އިތުރު ދެ ފަނޑިޔާރެއްގެ މައްސަލަ ވެސް ތަޙްޤީޤުކުރުމަށް ނިން މަވައިފައެވެ. އެއީ ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަޙްމަދު ޝުކޫރާއި، ފެމިލީ ކޯޓްގެ ގާޒީ ޢަބްދުﷲ އަދީބުގެ ސްލޫކީ މައްސަލަ އެވެ.

ދ. ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ޢަބްދުއްރައްޒާޤް މުޙައްމަދު ފަނޑިޔާރުކަމުގެ މަސައްކަތުން ވަގުތީގޮތުން ދުރުކުރުމަށް މިމަހު ހަތްވަނަ ދުވަހު ނިންމާފައިވާތީ، އެދާއިރާގެ ހިންގުން ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް ޢަބަދުލް ޤާދިރު އާދަމްއާ ޙަވާލުކުރުމަށް ވެސް ޖޭއެސްސީ އިން އިއްޔެ ވަނީ ނިންމަވައިފައެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.