ޑައިވިންނަށް ގޮސް އުޅުނު ފަރެސް މާތޮޑާ މީހަކު މަރުވެއްޖެ

ޑައިވިންނަށް ގޮސް އުޅުނު ފަރެސް މާތޮޑާ މީހަކު މަރުވެއްޖެ އެވެ. އޭނާ މަރުވެފައިވަނީ ގދ. ތިނަދޫ އުތުރުފަރާތު ކުނިކޮށްޓާ ދިމާލުން ފަރުބޭރަށް ޑައިވްކޮށްގެން ކުދިމަސް ހިފަން އުޅުމުގެ ތެރޭގައެވެ. ޢުމުރުން 48 އަހަރުގެ މި ފިރިހެން މީހާ، ތިނަދޫގައި ހުންނަ ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު 2:14 ކަން ހާއިރުއެވެ.

އޭނާ ނިޔާވެފައިވާކަން ފުލުހުން ވެސް ވަނީ ކަށަވަރު ކޮށްދެއްވައިފައެވެ. މިޙާދިސާއާ ގުޅިގެން ބައްލަވަން ޖެހޭ ކަންކަން ފުލުހުން ދަނީ ބައްލަވަމުންނެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.