ރައީސް ނަޝީދާއި ޓީމު މިއަދު މާލެ ވަޑައިގަންނަވަނީ

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ޓީމުން ތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު މިއަދު މާލެ ވަޑައިގަންނަވާނެއެވެ.

ރައީސް ނަޝީދުގެ މިދަތުރު ފުޅުގައި ވަނީ ތިލަދުންމަތީގެ ބައެއް ރަށްރަށަށް ވަޑައިގެން ދޮރުންދޮރަށް ހިންގަވައި ކުރިއަށް އޮތް ލޯކަލް ކައުންސިލް ތިޚާބަށް ތާއިދު ހޯއްދެވުމުގެ މަސައްކަތް ކުރައްވައިފައެވެ.

މީގެ އިތުރުން އެމްޑީޕީން ވަނީ އިރުވައި ގެނަމުގައި ކުޅުދުއްފުށި ސިޓީގައި އިއްޔެ ފޯރަމެއް ވެސް ބާއްވައިފައެވެ. މި ފޯރަމުގައިވަނީ ލޯކަލްކައުންސިލްގެ އިންތިޚާބާ ބެހޭގޮތުންނާއި ބައެއް މަޝްރޫއު ތަކާ ބެހޭގޮތުންނާއި ލާމަރުކަޒީ ގާނޫނަށް ގެންނެވި ބަދަލާ ގުޅިގެން ކައުންސިލްތަކަށް މަތިކުރެވިފައިވާ ޒިންމާ ތަކާބެހޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ.

ރައީސް ނަޝީދާއި ތިލަދުންމަތީ ދަތުރުގެ ބައިވެރިން މާލެ ވަޑައިގަންނަވާ އޮޑި ސީ ކްއީން މާލެ ވަންނަނީ މިއަދު މެންދުރު 2:00 ގައި އެމްއެމްއޭ ސަރަހައްދުން ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.