މާލެ ސިޓީގައި ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ފަށައިފި

މާލެ ސިޓީގައި ޚާއްސަ އޮޕަރޭޝަނެއް ފުލުހުން އިއްޔެ ފަށައިފިއެވެ.

މިއީ  މިދުވަސްވަރު މާލެސިޓީގައި ކުށްކުރުން އިތުރުވެފައިވާތީ އެކަން ހުއްޓުވުމަށްޓަކައި ފެށި އޮޕަރޭޝަނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ ފާއިތުވި ދެ ހަފްތާތެރޭގައި މާލޭ ސިޓީގައި ކުށްކުރުން ތަންކޮޅެއް އިތުރުވެފައިވާ ކަމަށެވެ. އަދި އެ މުއްދަތުގައި ޕޮލިހަށް ހުށަހެޅިފައިވާ ވައްކަމުގެ މައްސަލަތައްވެސް އިތުރުވެފައިވާ ކަމަށެވެ. ކުރިއަށް އޮތް އަހަރަށް ކުށްމަދު ކުރުމަކީ ވެސް ފުލުހުން މިއޮޕަރޭޝަން ފެށުމުގެ އެއް ބޭނުމެވެ.

"ވޭތުވެދިޔަ ދެ ހަފްތާގެ ތެރޭގައި މާލެ ސިޓީގައި ތަންކޮޅެއް ގިނައިން ވައްކަމުގެ މައްސަލަތައް ހުށަހެޅިފައިވުމުންނާއި އަދި ކުރިއަށް އޮތް އައު އަހަރަށް ކުށް މަދުކުރުމުގެ ގޮތުން، މި އޮޕަރޭޝަން ފަށާފައިވަނީ ރަށުތެރެ ރަނގަޅަށް ބެލެހެއްޓުމަށްޓަކައެވެ." ފުލުހުން ވިދާޅުވިއެވެ.

މި އޮޕަރޭޝަންގެ ތެރެއިން މީހުން ހުއްޓުވައި ސުވާލު ކުރުމާއި އަދި އުޅަނދުފަހަރު ހުއްޓުވައި ބަލައިފާސްކުރަމުން ގެންދާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.