ކަރަންޓުގައި ޖެހުނު މުވައްޒަފު ފަރުވާއަށްފަހު ރަށަށް އަތުވެއްޖެ

ހުވަދުއަތޮޅު އުތުރުބުރީ ވިލިގިލީ ފުލެޓުތަކަށް ފެންހޮޅި ލުމަށްޓަކައި ކޯރު ކޮންނަމުންދަނިކޮށް ކަރަންޓުގައި ޖެހުނު މުޙައްމަދު މުފީދު މާލެއިން ފަރުވާ ހޯދުމަށްހު އެނބުރި ރަށަށް އަތުވެއްޖެއެވެ.

މަސައްކަތުގައި އުޅެނިކޮށް ކަރަންޓުގައި ޖެހުމުން އޭނާއަށް ފުރަތަމަ ފަރުވާދިނީ ވިލިގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުންނެވެ. މިޙާދިސާގައި އޭނާއަށް ސީރިއަސް އަނިޔާއެއް ނުވެއެވެ. އެހެންނަމަވެސް އިތުރު މައްސަލައެއް ހުރިތޯ ބެލުމަށް ސީޓީ ސްކޭންފަދަ ޓެސްޓް ހަދަން ޑޮކްޓަރުން ލަފާދިނުމުން އޭނާ ވަނީ މާލެ ގޮސް ޓެސްޓް ހަދައި ފަރުވާ ހޯދައިފައެވެ.

ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސައީދު މުޙައްމަދު މުފީދާއެކު ނަންގަވަފާއިވާ ފޮޓޯއަކާއެކު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ "ގއ. ވިލިގިލީގައި އިމާރާތް ކުރެވިފައިވާ ހައުސިން ޔުނިޓުތަކަށް ނަރުދަމާ އެޅުމަށް ކޯރު ކޮނުމުގެ މަސައްކަތުގައި އުޅެނިކޮށް ކަރަންޓުގައި ޖެހުނު ގއ. ވިލިގިލީ ބުރާންޗ ގެ ޓެކްނީޝަން މުޙައްމަދު މުފީދު ހެޔޮ ހާލުގައި އެނބުރި އާއިލާ ގާތަށް،" ހިނގައްޖެ ކަމަށެވެ. އޭނާ އަލުން މަސައްކަތަށް ނުކުންނާނެ ދުވަހެއް އެނގިފައެއް ނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.