ގާޒީ ޢަލީ ރަޝީދު ދިރިއުޅުއްވާ ފުލެޓު ދޮރަށް ގެއްލުންދީފި

ކްރިމިނަލް ކޯޓު ހިންގެވުމާ މިހާރު ޙަވާލުވެ ހުންނެވި ގާޒީ ޢަލީ ރަޝދު ހުޅުމާލޭގައި ދިރިއުޅުއްވާ ފުލެޓުގެ ދޮރަށް ރޭ ގެއްލުންދީފިއެވެ.

ފުލުހުން ވިދާޅުވީ ދޮރަށް ގެއްލުންދީފައިވަނީ ކޯރާޑީއަކުން ކަމަށެވެ. ގެއްލުންދޭން ބޭނުންކުރި ކަމަށް ބެލެވޭ ކޯރާޑީވެސް ދޮރުކައިރީގައިއޮތެވެ. އޭގެ އިތުރަށް ދޮރުގައި ވަނީ ލިޔުމެއް ވެސް ލިޔެފައެވެ. ފުލުހުން ވިދާޅުވީ އެމައްސަލަ ބައްލަވަން ފަށްޓަވައިފި ކަމަށެވެ.

މިމައްސަލައިގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ރޭ ފަތިހުއެވެ. މިމައްސަލާގައި އެއްވެސް މީހަކު އަދި ބަންދުކޮށްފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ. އެހެންނަމަވެސް މައްސަލައަށްފަހު ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކުރިމިނަލް ކޯޓު ހިންގެވުން ޢަލީއާ ޙަވާލު ކުރެއްވީ އެކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް ސަސްޕެންޑު ކުރެއްވުމަށްފަހުގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.