ރަސްފަންނު ސަރަހައްދު ކަނޑުއަޑިން 231.5 ކިލޯގެ ކުނި ނަގައިފި

މާލޭ ރަސްފަންނު ސަރަޙައްދާ ދިމާ ބޭރުގެ ކަނޑުއަޑި ސާފު ކުރުމަށް މިއަދު ހިންހި ހަރަކާތުގައި 231.5 ކިލޯގެ ކުނިނަގައިފިއެވެ.

އޭގެތެރޭގައި ހިމެނެނީ ޕްލާސްޓިކް ކޮތަޅާއި، ފުޅިއާއި، ބިއްލޫރިފުޅިއާއި ގޯންޏާއި، ދަގަނޑާއިމ ކަންވާރާއި ދަޅުފަދަ ތަކެއްޗެވެ. މިތަކެތި ނަގައިފައިވަނީ 4 ގަޑިއިރުގެ މަސައްކަތުންނެވެ. އެސަރަޙައްދު ސާފު ކުރުމުގެ މިޙަރަކާތަކީ ޑައިވް ޑެސްކު ސެންޓަރުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. އެ ޙަރަކާތުގައި މާލޭ ސިޓީކައުންސިލާއި، ޕާލޭއާއި، ވެމްކޯ ވެސްވަނ ބައިވެރިވެފައެވެ.

މިއދު ސާފުކޮށްފައިވަނީ ރަސްފަންނާ ދިމާ ބޭރުގައި ޑައިވިންކޮށް ސްނޯކުލިން ކުރަން ޚާއްސަކޮށްފައިވާ ސަރަހައްދެވެ.  އެސަރަހައްދުގެ އަޑިން 30 މީޓަރުން ފެށިގެން 100 މީޓަރުގެ ސަރަޙައްދެއް މިއަދުވަނޫ ސާފުކޮށްފައެވެ. އެހެންނަމަވެސް އަދިވެސް އެސަރަޙައްދުގައި ކުނި އެބަހުއްޓެވެ.

"އަޅުގަނޑުމެންނަކީ ޑައިވް ކުރަން ދަސްކޮށްދޭން މީހުން ގޮވައިގެން އެސަރަހައްދަށް އެރޭބައެއް. އެ ސަރަހައްދުގެ ފަރަކީ މިހާރަކަށް އައިސް ވަރަށް ރީތިވަމުން އަންނަ ފަރެއް. އެތަން ސާފުކޮށް ރީތިކޮށް ބޭއްވުމަށް މަސައްކަތް މިކުރަނީ،" އެ ޑައިވް ޑެސްކުން ބުނެފައިވެއެވެ. އެސަރަޙައްދު ރީތިކޮށް ބޭއްވުމަށް އެތަނަށް ކުނިއެޅުން ހުއްޓާލުމަށްވެސް އެ ސެންޓަރުންވަނީ އެދިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.