ރައީސް ސޯލިޙަކީ މަޑުމައިތިރި، ވިސްނުންތެރި، ކެތްތެރި ބޭފުޅެއް، ކުރީ ސަރުކާރުތަކަށްވުރެ މިސަރުކާރު ރަނގަޅުވާނެ: ގާސިމް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ސޯލިޙަކީ ވަރަށް މަޑުމައިތިރި، ވަރަށް ވިސްނުންތެރިކަމާއެކު ކަންކަން ކުރައްވާ، ކެތްތެރި ބޭފުޅެއް ކަމަށާއި، އެހެންވެ މީގެކުރީގެ ސަރުކާރު ތަކަށްވުރެ ރައީސް ސޯލިޙުގެ ސަރުކާރު "މާބޮޑަށްވެސް ރަނގަޅުވާނެ" ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައީސް ސޯލިޙުގެ ސަރުކާރުގެ ބައިވެރިޔެއްގެ ގޮތުގައި ހުންނެވި ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީ ސިޔާސީ ގޮތުން ވަރުގަދަ ކުރުމަށްޓަކައި އެ ޕާޓީން މިހާރު ހިންގާ "އެންމެންގެ ޖުމްހޫރީ ޕާޓީ" މި ޕްރޮގްރާމްގެ ދަށުން ގާސިމްގެ އަމިއްލަފުޅު ޓީވީ ޗެނަލް ކަމަށްވާ ވީޓީވީން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި އެމަނިކުފާނު، ރައީސް ސޯލިޙު ސިފަ ކުރެއްވީ މުޅިން ތަފާތު ރައީސެއްގެ ގޮތުގައެވެ. ގާސިމް ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރަކީ ވޭތުވެދިޔަ ހުރިހާ ސަރުކާރަކަށްވުރެ ރަނގަޅަށް ރައްޔިތުންނާމެދުވެސް އަދި ޖޭޕީއާމެދުވެސް ކަންކުރައްވާނެ ރައީސެއް ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށެވެ.

ގާސިމް ވިދާޅުވީ މީގެކުރިން އެމަނިކުފާނާއި، ޖުމްހޫރީ ޕާޓީގެ ބައިވެރިވުން ވަރަށް ބޮޑަށް އޮވެގެން ގެނައި ދެ ސަރުކާރުން އެމަނިކުފާނަށް ކުރިމަތިވީ ވަރަށް ދެރަގޮތްތަކެއް ކަމަށެވެ. ނަމަވެސް ރައީސް ސޯލިޙު އެފަދަ ދެރައެއް ގާސިމާއި، ޖޭޕީއަށްވެސް ނުދެއްވާނެ ކަމަށެވެ. ގާސިމް އެ ވިދާޅުވީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް، އަދި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްއާއެކު ދެވަނަ ބުރުގައި ޖޭޕީން ކޯލިޝަން ހަދައި، އެ ދެ އިންތިޚާބުވެސް އެމްޑީޕީއާއި ޕީޕީއެމްއަށް ކާމިޔާބު ކޮށްދިނުމަށް ކުރެއްވި މަސައްކަތްޕުޅުގެ ވާހަކައެވެ. އަދި 2018 ރިޔާސީ އިންތިޚާބުގައި ރައީސް ސޯލިޙަށް އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް ކުރެއްވި މަސައްކަތްޕުޅުގެ ވާހަކައެވެ.

"މިސަރުކާރަކުން އިރާދަކުރެއްވިއްޔާ އަޅުގަނޑަށް އެކަހަލަ ކަމެއް ދިމައެއްނުވާނެ" ރައީސް ސޯލިހުގެ ސަރުކާރަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވިއެވެ.

މަޖާޒީ ބަހުރުވައިން ގާސިމް ވިދާޅުވީ ރާވެރިޔެއްގެ ދަރިޔަކަށްވެސް ތިނެތި ފަހަރުން އެކަތި ފަހަރު އޮންނަ ކަމަށް މުސްކުޅިންވެސް ބުނެއުޅޭ ކަމަށެވެ. އަދި އޭގެތެރެއިން "ދޭތިފަހަރު" މީގެކުރިން ހިނގައްޖެ ކަމަށާއި، މިއީ "ތިންވަނަ އެތިފަހަރު" ކަމަށެވެ. ނަމަވެސް ރާވެރިޔެއްގެ ދަރިޔަކަށްވެސް ތިނެތިން އެކަތި އޮންނަ ފަދައިން މިފަހަރު ސަލާމަތްވާނެ ކަމަށް ގަބޫލު ކުރެއްވޭ ކަމަށް ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި ގާސިމް ވަނީ ޖުމްހޫރީ ޕާޓީގެ ގޮފިތައް ވަރުގަދަކޮށް، ސިޔާސީ ގޮތުން އެ ޕާޓީގެ މަސައްކަތްތައް ރޭވިފައިވާ ގޮތާއި ސިޔާސީ ގޮތުން ޖޭޕީ ކުރިޔަށްދާ މިސްރާބުވެސް ވިދާޅުވެ ދެއްވާފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

1 ޚިޔާލު

  1. Raees Slihakee mi khabarugai mibunaa kan kan furihama vaa meehenoon.. Raees Ibu Solih akee laadheenee meehun kair koggen laadheemeenun beynunhaa kameh kuraa meeheh.. Keerithi Quran aayah thah dhogu kuraa meehunaa emeehun nah thaaidhu kuraa meehun Raees Solhuge baiverin thereyga thibee..

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.