އެލްސާ އާއި އަނާގެ ހިންދީ އަޑު ޕްރިޔަންކާ އާއި ޕަރިނީތީގެ އަޑުން

'ފްރޯޒަން 2' އަށް ހިންދީ ބަހުން އަޑު އެޅުމުގެ މަސައްކަތް ޕްރިޔަންކާ ޗޯޕްރާ އާއި އޭނާގެ ކޮއްކޮ ޕަރިނީތީ ޗޯޕްރާ ފަށައިފިއެވެ. މިއީ ޕްރިޔަންކާ އާއި ޕަރިނީތީ އެކުގައި މަސައްކަތް ކުރާ ފުރަތަމަ ޕްރޮޖެކްޓްވެސްމެއެވެ.

ޕްރިޔަންކާ އާއި ޕަރިނީތީ އަޑު އަޅާނީ ފްރޯޒަން 2ގެ ހިންދީ ވާރޝަންގައި އެލްސާ އާއި އަންނާގެ އަޑެވެ. މި ޕްރޮޖެކްޓްގެ ވާހަކަ އިއުލާން ކުރަމުން ޕްރިޔަންކާގެ އިންސްޓެްގްރާމްގަިއ އޭނާ ބުނެފައިވަނީ "މިމީ އާއި ޓީޝާ އަކީ މިހާރު އެލްސާ އާއި އަނާ" ކަމަށެވެ. ޑިސްނީގެ ފްރޯޒަން 2 އިން ޗޯޕްރާ ސިސްޓަރސް އެންމެ ފަހުން އެކުގަިއ މަސައްކަތް ކުރަނީ ކަމަށެވެ.

ހިންދީ ވަރޝަންގައި އަނާގެ އަޑު އަޅާނީ ޕަރިނީތީ އެވެ. އެލްސާގެ އަޑު އަޅާނީ ޕްރިޔަންކާ އެވެ. 

ފްރޯޒަން 2 އަކީ 2013 ވަނަ އަހަރު ނުކުތް ފިލްމުގެ ސީކުއަލް އެކެވެ. ހިންދީ ވާރޝަން ސިނަމާގައި އަޅުވާނީ ނޮވެންބަރު މަހުގެ 22 ވަނަ ދުވަހުއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.