ވައިގެ މަގުން އައްޑުއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހަކު ބަންދުކޮށްފި

ގަން އިންޓަރނޭޝަނަލް އެއާޕޯޓުގައި ބޯޓެއް ޖައްސާފައި

ވައިގެ މަގުން އައްޑޫސިޓީއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހަކު އަތުލައިގެންފިއެވެ.

ޢުމުރުން 20 އަހަރުގެ އެމީހާ އަތުލައިގެންފައިވަނީ އައްޑޫގައި މަސައްކަތްކުރާ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮފަރޭޝަނެއްގައި މިމަހު 16 ވަނަ ދުވަހު 1:00 ގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

އޭނާ ބަންދުކުރީ ގަން އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ. އެއާޕޯޓުން އޭނާ ހުއްޓުވައި ބަލާ ފާސްކުރިއިރު މަސްތުވާތަކެތު އަޅާފައިވާ ޖޫސްޕެޓީ ކޮތަޅެއްވަނީ ފެނިފައެވެ.

އެމީހާގެ ބަންދާ މެދު ގޮތެއް ނިންމަން މަރަދޫފޭދޫ ކޯޓަށް ގެންދިޔުމުން އެކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަސް ޖަހައިދީފައެވެ. ފުލުހުން ގެންދަނީ މިމައްސަލަ ތަހުގޫގުކުރަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.