އެކްޝަން ޕްލޭން ގައި ނެތް އެއްވެސް ކަމެއް ދައުލަތުގެ ބަޖެޓްގައި ދެން ހުރެގެން ނުވާނެ: ރައީސް އޮފީސް

ސެޓެރެޓެޖިކް އެކްޝަން ޕްލޭން (އެސްއޭޕީ) ގައި ނެތް އެއްވެސް ކަމެއް ދައުލަތުގެ ބަޖެޓްގައި ދެން ހިމެނިގެން ނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން މިހެން ވިދާޅުވެފައި ވަނީ، މިއަހަރުން ފެށިގެން 2023 ގެ ނިޔަލަށް އެކުލަވާލައްވައިފައިވާ ސްޓްރެޓެޖިކް އެކްޝަން ޕޭލޭން (އެސްއޭޕީ ) އާ ބެހޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް ބޭއްވި ބަދަލުވުމުގައި އެވެ. ޕޮލިސީ ސެކްރެޓަރީ އައިމިނަތި ސައުނާ ވިދާޅުވީ ދައުލަތުގެ ބަޖެޓް އެކުލަވާލެއްވުމުގެ މަސައްކަތް މިހާރު ކުރެވެމުންދާކަށެވެ. ބަޖެޓް އެކުލަވާލެއްވުމުގައި އެންމެބޮޑަށް އިސްކަންދެއްވައިފައި ވަނީ އެސްއޭޕީގައި ހިމެނޭ ކަންކަންކަމަށެވެ. މިއެކްޝަން ޕްލޭން ގައި ނެތް އެއްވެސް ކަމެއް ދެން ބަޖެޓްގައި ހުރެގެން ނުވާނެކަމަށް ޝައުނާ ވިދާޅުވިއެވެ. ލިބިވަޑައިގެންފައިވާ ތަޖުރިބާ އާއެކު ޝައުނާ ވިދާޅުވީ ދައުލަތުގެ ބަޖެޓް އެކުލަވާލެވިގެން އަންނައިރު، ހުންނަނީ ވަރަށް ފޯކަސް ނުކުރެވިކަމުގައެވެ. ބަޖެޓް ހެދިގެން އަންނައިރު، ކުރަންމިއުޅެނީ ކޮންކަމެއްކަން ރައްޔިތުންނަށް ސާފުކޮށްދީ، ޚަރަދުކުރެވޭ ފައިސާއިން ނަތީޖާ ނެރެވޭނެ ގޮތަށް ކަންކަން ކުރެވެނޭ ގޮތަށް ބަޖެޓް ފޯކަސް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ޝައުނާ ވިދާޅުވިއެވެ. ބަޖެޓް ހަދާއިރު އެސްއޭޕީ އަކީ ވަރަށް މުހިއްމު ޑޮކިއުމަންޓަކަށްވެގެންދާނެކަމަށް ޝައުނާ ވިދާޅުވިއެވެ.

އަންނަ އަހަރު ތިން ވުޒާރާއެއްގެ ބަޖެޓް އެކުލަވާލައްވާނީ ޕްރޮޤްރާމް ބެޖެޓެއްގެ ގޮތުގައި ކަމަށް ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ ވިދާޅުވިއެވެ. އެއީ ފީޝަރީޒް މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީއާއި ފިނޭންސް މިނިސްޓަރީގެ ބެޖެޓެވެ. އެމަސައްކަތް ވޯރލްޑް ބޭންކާ އެކު ކުރައްވަމުން ގެންދަވާކަމަށް ވެސް ޝައުނާ ވިދާޅުވިއެވެ.

މިރިޔާސީ ދައުރު ނިމިގެންދާއިރު ދައުލަތުގެ ބެޖެޓް ވެގެންދާނީ ނަތީޖާ ނެރެވޭނެ ނަތީޖާ ޙާޞިލްކުރެވޭނެ ބަޖެޓަކަށް ކަމަށް ޝައުނާ ވިދާޅުވިއެވެ.

" އަޅުގަނޑުމެންގެ ދައުރު ނިމެގެންދާއިރު ދައުލަތުގެ ބަޖެޓް ވެގެންދާނީ، ނާތީޖާ ނެރެވޭނެ ނަޖީޖާ ޙާޞިލްކުރެވޭނެ ބަޖެޓަކަށް

ބަޖެޓުން ފެންނަށް ޖެހޭނެ ސިޔާސަތުތަކަކީ ކޮބައިކަން. ޙާޞިލްކުރަން މިއުޅެނީ ކޮން ކަމެއްކަން. ކަންކަން ޙާޞިލްކުރާނެ ޓައިމްކލައިނަކީ ކޮބައިކަން. އެއީ ޕްރޮގަރާމް ބަޖެޓަކީ " ޝައުނާ ވިދާޅުވިއެވެ.

ޝައުނާ ވިދާޅުވީ 2011 ގައިވެސް އެމްޑީޕީ ސަރުކާރުން ޕްރޮގްރާމް ބަޖެޓެއް އެކުލަވާލެއްވި ކަމުގައެވެ. ނަމަވެސް 2012 ގައި ސަރުކާރު ބަދަލުވުމާ ގުޅިގެން އެބަޖެޓް ތަންފީޒު ކުރުމަށް އެސަރުކާރަށް ފުރުޞަތު ނުލިބުނުކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.