އެމްޑީޕީގެ ނާއިބު ރައީސްކަމަށް ކުރިމަތިލައްވަން ޝިފާޒު ނިންމަވައިފި

އެމްޑީޕީގެ ނާއިބު ރައީސް ކަމުގެ އިތުރު ދައުރަކަށް ކުރިމަތިލައްވާނެ ކަމަށް އެންމެފަހުން އެމަގާމުގައި ހުންނެވި މުޙައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.

ޝިފާޒަކީ ރައީސް އޮފީހުގެ މިނިސްޓަރެއްގެ ވަޒީފާ ވެސް އަދާކުރައްވަމުން ގެންދަވާ އެމްޑީޕީގެ އެންމެ އިސްމެމްބަރެކެވެ. އެޕާޓީ ރައީސްކަމަށް ކުރިމަތި ލައްވާނެ ކަމަށް ރައީސް ނަޝީދު ވެސް ވަނީ އިއުލާން ކުރައްވައިފިއެވެ. އެޕާޓީގެ ރައީސާއި ނާއިބު ރައީސްގެ މަގާމުގައި އެންމެފަހު ތިއްބެވީ ވެސް އެދެބޭފުޅުންނެވެ.

އެ ދެ މަގާމު މިހާރުވަނީ ހުސްވެފައެވެ. އަލުން ރައީސާއި ނާއިބު ރައީސް އިންތިޚާބު ކުރުމަށް ބާއްވާ ވޯޓު ނެގުން އޮންނާނީ ނޮވެމްބަރު 22 ގައެވެ. އެމްޑީޕީގެ ރައީސް އާއި ނައިބު ރައީސް ކަމުގެ މަގާމު ހުސްވެފައިވާއިރު، އެ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 19 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.