‏ފަޅުރަށެއްގައި ބަނދެފައި އޮތް ވެލައަކަށް އެހީވާން ފަށައިފި

ރާއްޖޭގެ ފަޅު ރަށެއްގައި  ބަނދެފައިއޮތް ވެލައެއް ފެނިގެން އެ ސަލާމަތް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވަނީ އެ ވެލާ ބަނދެފައިވަނީ ވަރަށް އިހާނެތި ގޮތަކަށް ކަމަށެވެ. ވެލާ މޮހެ ދޫކޮށްލުމުގެ މަސައްލަތް ކުރަމުންދަނީ ތިމާވެއްޓާބެހޭ ވުޒާރާއާއި އީޕީއޭގެ ޓީމަކުންނެވެ. އެ ޓީމުގައި މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރ  އަހުމަދު މުޖުތަބާ ހަރަކާތްތެރިވަމުންދެއެވެ. މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ޒާހިރު ވަނީ އެ ޓީމުގެ މަސައްކަތަށް ހިތްވަރު ދެއްވާ މަރުހަބާ ދަންނަވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.