އެމްޑީއެން އާ ދެކޮޅަށް މިސަރުކާރުން ފިޔަވަޅު ނާޅާނެ: ރައީސް ޔާމީން

ރައީސް އަބްދުﷲ ޔާމީން

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކު (އެމްޑީއެން) އާ ދެކޮޅަށް މިސަރުކާރުން ފިޔަވަޅު ނާޅާނެ ކަމަށް ރާއްޖޭގެ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން އެހެން ވިދާޅުވިޔަސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ އެޖަމްޢިޔާއާ ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެ ޖަމްޢިއްޔާގެ މައްސަލަ ތަޙުގީގު ކުރެއްވުމަށް ރައީސް އިބްރާހީމް ވަނީ ފުލުހުންނަށް އަންގަވައިފައެވެ. ފުލުހުން ގެންދަނީ އެމައްސަލަ ބަލަމުންނެވެ.

އެމްޑީއެން އާ މެދު ހިތްހަމަ ނުޖެހިގެން ގިނަ މީހުން މިއުޅެނީ އެ ޖަމްޢިއްޔާއިން ނެރުނު ރިޕޯޓެއްގައﷲ އަށާއި ރަސޫލާއަށް ނިސްބަތްކޮށް ނޭދެވޭ ބަސްތަކެއް ބުނެފައިވާތީއެވެ.

މިރޭގެ ރިލޭގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމްޑީއެންގެ ރިޕޯޓާ ބެހޭ ގޮތުން އެންމެފުރަތަމަ ބަސް އިއްވަންޖެހޭ ފަރާތަކީ ރައީސް އިބްރާހީމް މުޙައްމަދު ސާލިހު ކަމަށެވެ. އެހެންމަމަވެސް އެމަނިކުފާނު އެކަމަށް ބަސްފުޅެއް ވިދާޅުވީ އެންމެފަހުން ކަމަށާއި އެކަމުން ދޭހަކޮށްދެނީ އެމައްސަލާގައި ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅުއްވާނެކަން ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެރިޕޯޓުގައި ލިޔުނު އެއްޗެއް ފެންނަން އެއޮތީ ކަމަށާއި އޭގައި އިތުރަށް ތަހިގީގު ކުރައްވަންޖެހެނޭ ކަމެއްނެތް ކަމަށެވެ. އެރިޕޯޓުގައި ހިމަނާފައިވާ ދިނާޚިލާފު ވާހަކަތަކުގެ ޒިންމާ ކުރިން އެޖަމްއިއްޔާގައި އުޅުއްވުމަށްފަހު މިހާރު ސަރުކާރުގެ އެކި މަގާމްތަކުގައި ތިއްބެވި ބޭފުޅުންވެސް ނަންގަވަންޖެހޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.