ސްލީޓުވިލާގޭގެ 4 ވަނަ ބުރީން ދުންއަރަނީ

މ. ސްލީޓުވިލާގޭގޭ 4 ވަނަ ބުރީން ދުންއަރާތީ ސިފައިން އެކަން ބަލަން ފަށައިފިއެވެ. އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހީމް ޢާޒިމް ވިދާޅުވީ ދުންއަރަނީ ކުޑަކޮށް ކަމަށެވެ.

ބެލެވޭ ގޮތުގައި ދުންއަރަނީ ކަރަންޓު ޝޯޓެއް ވެގެންކަމަށް އޭނާ ވިދާޅުވިއެވެ. ސްޓެލްކޯގެ ޓީމެއް މިހާރު ގެންދަނީ އެގޭގައި ޙަރަކާތްތެރިވަމުން ކަމަށް ވެސް ޢާޒިމް ވިދާޅުވިއެވެ.

މިޙާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ހުކުރު ދުވަހުގެރޭ މާލޭގައި ހިނގި އަލިފާނުގެ ޙާދިސާއަށްފަހު މީހުންގެ ސަމާލުކަން މިދުވަސްވަރު ވަނީ މިކަންކަމަށް ވަރަށްބޮޑަށް ލިބިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.