އައިޕީޔޫގެ ސްޕީކަރުންގެ ހަތަރުވަނަ ބައްދަލުވުން އަންނަ މަހު އެކަކުން ދޭކަށް ރާއްޖޭގައި ބާއްވަނީ

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އިންޓަރ ޕާލަމަންޓްރީ ޔުނިއަން (އައިޕީޔޫ) ގެ ދެކުނު އޭޝިއާގެ ސްޕީކަރުންގެ ހަތަރުވަނަ ސަމިޓް އަންނަ މަހު އެކަކުން ދެޔަކަށް ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރީގެ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އެ ބައްދަލުވުމަށް ދަނީ ތައްޔާރުވަމުން ކަމުގައެވެ.

ރައީސް ނަޝީދު ވިދާޅުވީ އައިޕީޔޫގެ ސްޕީކަރުންގެ ހަތަރުވަނަ ބައްދަލުވުން މިފަހަރު މަޝްވަރާ ކުރައްވާނީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލްކުރުމާ ބެހޭގޮތުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކަށް ތަމްރީން ތަކެއް މިމަހު 27 ން 29 ކުރިއަށް ގެންދެވުމަށް ހަމަޖެހިފައިވާކަމަށްވެސް މަޖިލީހުގެ ރައީސް މިއަދު ހާމަ ކުރެއްވިއެވެ. އެހެންކަމުން އެ ދުވަސް ތައް ކޮމެޓީތަކުގެ މުވައްޒަފުންނަށް ހުސްކޮށް ލިބެންޖެހޭކަމަށް މަޖިލީހުގެ ރައީސް ފާހަގަ ކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.