ހެންވޭރު ސޯސަން މަގުގައި ހުންނަ ގެޔެއްގައި މިއަދު އަލިފާނުގެ ޙާދިސާއެއް ހިނގައިފިއެވެ.
އަލިފާން ރޯވީ ސޯސަން މަގުގައި ހުންނަ ހ. ޓެންސާ ގޭގައެވެ. އެމްއެންޑީއެފުން ބުނީ ސެންޓާގޭގައި އަލިފާން ރޯވުމުން އެތަނަށް ފަޔާ އެންޑް ރެސްކިއު ޓީމުގޮސް މިހާރު އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އަލިފާން ރޯވަން ދިމާވި ސަބަބެއް އަދި ނޭނގެއެވެ.
ޓެންސާގޭގައި ހިނގި އަލިފާނުގެ ޙާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ. ނަމަވެސް އެގޭގައިވާ ބަޔެއް ތަކެއްޗަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ވެފައިވާ ކަމަށްވެއެވެ.