މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިމަޖެންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ)ގެ ކޮމާންޑަރަކު މިއަދު ސަސްޕެންޑްކޮށްފި އެވެ. އޭނާ ސަސްޕެންޑު ކުރީ މާފުށީ ޖަލުގެ ދެގޮޅިއަކުން މީހުން ނެރެ އެމީހުންނަށް އަނިޔާކުރި ކަމުގެ ތުހުމަތުގައެވެ. އޭނާ ބަންދުކުރީ ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ގެ އަމުރަކަށް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ޖަލުގައި ހަމަނުޖެހުން ހިނގީ ގައިދީއަކު ޖަލު އޮފިސަރަކަށް ހަމަލާ ދިނުމުން ނެވެ. މިމަހު 20 ވަނަ ދުވަހު ހިނގި މިހާދިސާގައި 6 ގައިދީއަކަށާއި ޖަލު އޮފިސަރަކަށް ވަނީ އަނިޔާވެފައެވެ. މި ޙާދިސާއަށް ފަހު ޖަލުގެ ޙާލަތު ބެއްލެވުމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވަނީ ޖަލަށް ޒިޔާރަތް ކުރައްވައިފައެވެ.
ގައިދީއަކާއި ޖަލު އޮފިސަރަކާ ދެމެދު ހިނގި ޒުވާބެގައި ގައިދީ އޮފިސަރަކަށް ޙަމަލާ ދިނުމުން އުފެދުނު ހަމަޖެހުމުންތައް ހަމައަކަށް އަޅުވަން ޙާލަތާ ނުބައްދަލު ބާރުގެ ބޭނުން ކޮށްފައިވާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި ބައެއް ގައިދީންގެ ބޯވެސް ވަނީ ބާލައިފައި ކަމަށް މަޢުލޫމާތު ލިބުނުއެވެ. އެހެންނަމަވެސް މިނިސްޓަރ ޢިމްރާން ވިދާޅުވީ ބޯ ނުބާލާ ކަމަށާއި ޓްރިމަރުން ތުނިކޮށް ކޮށައިލީ ކަމަށެވެ. ޢިމްރާން ވިދާޅުވީ މައްސަލަ ބައްލަވައި އެކަށީގެންވާ ފިޔަފަޅު އަޅުއްވާނެ ކަމަށެވެ. ބައެއް މަޢުލޫމާތު ބުނާ ގޮތުގައި ގައިދީންގެ ގަޔަށް ވަނީ ޕެޕަރ ސްޕްރޭ ވެސް ޖަހައިފައެވެ. ހޯމް މިނިސްޓްރީންނާއި ރައްޔިތުންގެ މަޖިލީހުންނާއި ހިޔުމަންރައިޓްސް ކޮމިޝަނުން ވެސް މިމައްސަލަ ބެލުމަށް މިހާރުވަނީ ނިންމަވައިފައެވެ.
މި ކަމާ ބެހޭ ގޮތުން ސުވާލު ކުރުމަށް މިރޭގެ ވަގުތެއްގައި މިނިސްޓަރ ޢިމްރާން މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ހާޒިރު ކުރުމަށްވަނީ ނިންމަވައިފައެވެ.
ސިއްރު ނުކުރެވުނީ މިސަރުކާގެ މޮޅުކަމަކުންނޫން ހިއުމަންރައިޓުސް ތިތަނައްވަނީމަ ސަރުކާރުން އުޅުނީ ސިއްރުކުރަން ސިއްރު ނުކުރެވުނީ