އާފަތިސް ބަދިގެ: ލެމަން ޗިކެން ސުޕް

ބޭނުންވާނެ ބާވަތްތައް:

1 މޭޒުމަތީ ސަމުސާ ޒައިތޫނި ތެޔޮ

2 މޭޒުމަތީ ސަމުސާ ބަޓަރު (އަންސޯލްޓެޑް)

ބޯންލެސް ޗިކެން ޓްރޭ އެއް

½ ސައިސަމުސާ ލޮނު

¼ ސައިސަމުސާ އަސޭމިރުސް

1 ފިޔާ، މެދުމިނުގެ

2 ކެރެޓު

1 ސެލެރީ، ކޮށާފައި

4 ލޮނުމެދު

4 ޖޯޑު ކުކުޅު ސުރުވާ

1 ½ ޖޯޑު ފެން

1 ޖޯޑު ޕާސްޓާ (ރޯ)

1 ބޭ ލީފް

ރޯޒްމޭރީ

އޮރިގާނޯ

ލުނބޮއެއްގެ ހުތް

2 ސައިސަމުސާ ޕާސްލޭ

ތައްޔާރުކުރާނެ ގޮތް:

ތައްޔާރުކުރާނެ ގޮތް:

ޒައިތޫނި ތެލާއި ބަޓަރު ހޫނުކުރާށެވެ. ލޮނާއި އަސޭމިރުހުން ކުކުޅު ސީޒަންކުރުމަށްފަހު ފުށުންޖަހަމުން ތެޔޮފޮދަށް ލައިގެން ރޯފިލުވާށެވެ. ތެލިން ނަގައި ތަށްޓެއްގައި ބަހައްޓާށެވެ.

ކުކުޅު ރޯފިލުވި ބަޓަރުގެ ތެރެއަށް ފިޔާ، ކެރެޓު، ސެލެރީ، ލޮނުމެދު އަޅައިގެން ފިޔާ މީރުކުރާށެވެ. ދެން ތައިމް އަޅާށެވެ.

ފިޔާގަނޑުގެ ތެރެއަށް ކުކުކޅު ސުރުވާ އާއި ފެން އަޅައިގެން ލަކުޑީ ދޭފަތަކުން ހަލުވަމުން ކައްކާށެވެ. ސުޕް ކެކެން ފެށުމުން އުލަކުން ނުވަތަ އަތުން ކުކުޅު ފުނޑުކޮށް އޭގެ ތެރެއަށް އަޅާށެވެ. ދެން ޕާސްޓާ، ބޭ ލީފް، އަދި ރޯޒްމޭރީ އާއި އޮރިގާނޯ އަޅައިގެން ޕާސްޓާ މަޑުވަންދެން ކައްކާށެވެ.

އެއަށްފަހު ރޯޒްމޭރީ، އޮރިގާނޯ އަދި ބޭ ލީފް ނަގާށެވެ. ދެން ލުނބޯ ހުތާއި ޕާސްލޭ އެއްކުރާށެވެ.  

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.