ސައިކަލު ބައިތައް އަޅާފައިވާ ދެބަސްތާ ހިތަދޫ ގޯއްޗަކުން ފެނިއްޖެ

އައްޑޫ ސިޓީ ހިތަދޫގައި ފުލުހުން ރޭ ހިންގި އޮޕަރޭޝަނެއްގައި ސައިކަލުގެ ބައިތައް އަޅާފުރާލައިފައިހުރި ދެ ބަސްތާ ހޯދައިފިއެވެ. ފުލުހުން ވިދާޅުވީ މި އޮޕަރޭޝަން ހިންގާފައިވަނީ ރޭ 10:00 ގައި ކަމަށެވެ.

ފުލުހުންނަށް އެ ތަކެތި ފެނުނީ ވަގަށް ނަގައިފައިވާ ކަމަށް ބެލެވޭ ތަކެތި ހުރެދާނެ ކަމަށް ބެލެވުނު ގޯއްޗެއް ބަލައި ފާސް ކުރުމުގެ ތެރޭގައެވެ. "ބަލާ ފާސްކުރި ކުރުމުން ވަނީ ދެ ގޯނި ފުރާ ސައިކަލުގެ ބައިތައް އަޅައި ފޮރުވާފައި ހުއްޓާ ފެނިފައި،" ފުލުހުން ވިދާޅުވިއެވެ. އެއީ ވަގަށް ނަގައިފައިވާ ކަމަށް ބެލެވޭ ސައިކަލެއްގެ ބައިތަކެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ބަންދު ކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިތަކެތި ފެނިފައިވަނީ ކޮން ގޯއްޗަކުން ކަމެއް ފުލުހުން ހާމައެއް ނުކުރައްވައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.