އިތިއޯޕިއާގައި ދިރިއުޅޭ ރެފިއުޖީ ކުދީންނާ ޕްރިޔަންކާ ޗޯޕްރާ ޖޮނަސް ބައްދަލުކޮށްފި

ފޮޓޯ: އިންސްޓެގްރާމް، ޕްރިޔަންކާ ޗޯޕްރާ ޖޮނަސް

ޔުނިސެފްގެ ގުޑްވިލް އެމްބެސެޑަރ ޕްރިޔަންކާ ޗޯޕްރާ ޖޮނަސް އިތިއޯޕިއާގައި ދިރިއުޅޭ ރެފިއުޖީ ކުދިންނާ ބައްދަލުކޮށްފިއެވެ. ޕްރިޔަންކާ އިތިއޯޕިއާއަށް ދިޔައީ މިމަހުގެ 21ވަަ ދުވަހުއެވެ.

ޕްރިޔަންކާގެ ފަސް ދުވަހުގެ ދަތުރުގައި އޭނާ ވަނީ އިތިއޯޕިއާގެ އެކި ސަހަރައްދުތަކުގައި ހުރި ރެފިއުޖީ ކޭމްޕްތަކަށް ގޮސް އެ ކޭމްޕްތަކުގައި ދިރިއުޅޭ ކުދީންނާާ އެކު ވަގުތު ހޭދަކޮށްފައެވެ. އެގޮތުން އޭނާ ވަނީ ސޫދާނުގެ 17،000 ކުދީން އުޅޭ ބަމްބާސީ ރެފިއުޖީ ކޭމްޕާއި އެރިޓްރިއާގެ 55،000 ކުދީން ދިރިއުޅޭ ހިތްސަޓްސް އަދި އަދި ހަރޫޝް ކޭމްޕުގައި ދިރިއުޅެމުންދާ ކުދީންގެ ޙާލު ބަލައިފައެވެ. ކޭމްޕުތަކުގައި ދިރިއުޅެމުންދާ ކުދީންގެ ޙާލު އޭނާގެ ސޯޝަލްމީޑިއާ މެދުވެރިކޮށް އާއްމުންނާ ހިއްސާކޮށްފައިވެއެވެ. ޕްރިޔަންކާ ދެކޭގޮތުގައި ދިރިއުޅުމުގައި އެންމެ ބޮޑު ނިކަމެތި ކަމެއް އިހުސާސްކުރަން ޖެހޭ ކުދީންނަކީ ހަނގުރާމަ އާއި ކާރިސާތަކުގެ ސަބަބުން އަމިއްލަ ވަޒަން ދޫކޮށްދާންޖެހޭ ކުދީންނެވެ. އަދި ތަޢުލީމާއި ސިއްޙީ ފަރުވާ އިން އެކުދިން މަޙްރޫމުވެއެވެ.

View this post on Instagram

At the Bambasi Refugee Camp Primary School there is a shortage of trained teachers, with one teacher for every 89 students. This second grade class is taught by Hubahiro, she is a refugee child who is an 8th grade student at the school...she teaches grades 1-4 in the morning, and in the afternoon attends school to continue her education. Like her mother, who is also a refugee and teacher at the school, she earns a small stipend. When I first met the kids they were extremely introverted and timid. It took a lot of tickles and cuddles to get them to interact with me. Thank you Hubahiro for translating and helping the kids understand that I was a friend. @unicef @unicefethiopia #childrenuprooted

A post shared by Priyanka Chopra Jonas (@priyankachopra) on

ރެފިއުޖީންގެ ގޮތުގައި އިތިއޯޕިއާގައި 900،000 ކުދީން ދިރިއުޅެއެވެ. އެފްރިކާގައި ދެވަނައަށް އެންމެ ގިނަ ރެފިއުޖީ އާބާދީ އޮންނަނީ އިތިއޯޕިއާގައެވެ. އޭގެ ތެރެއިން ގިނަ ރެފިއުޖީންނަކީ ސޯމާލިއާ، ދެކުނު ސޫދާން، އެރިޓްރިއާ، ސޫދާން، އަދި ޔަމަނުގައި ހުރި އަމިއްލަ ވަޒަން ދޫކޮށް ދާން ޖެހުނު މީހުންނެވެ. ތަފާތު އެކި ސަބަބުތަކާ ހެދި މަޖުބޫރުވެގެން އަމާން، ސުލްހަވެރި، ރަނގަޅު ދިރިއުޅުމެއް ހޯދުމަށް ބޯޑަރުތައް ހުރަސްކޮށްފައިވާ މީހުންނެވެ.

ޕްރިޔަންކާ ދަނީ އަބަދުވެސް ކުޑަ ކުދީންނަށް، އަދި ވަކީން ޚާއްޞަކޮށް އަންހެން ކުދީން ބާރުވެރި ކުރުވައި އަންހެން ކުދީންނަށް ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށްދިނުމަށް ވަކާލާތުކުރަމުންނެވެ. ކޭމްޕުތަކަށް ޒިޔާރަތް ކުރަމުން ގެންދިޔައިރު ކޭމްޕުތަކުގައި ދިރިއުޅޭ ބައެއް އަންހެން ކުދީންގެ ވާހަކަ އޭނާ ގެނެސްދީފައިވެއެވެ. އެގޮތުން ބަމްބާސީ ރެފިއުޖީ ކޭމްޕުގައި ހުންނަ ބަމްބާސީ ރެފިއުޖީ ޕްރައިމަރީ ސްކޫލުގައި ދިރިއުޅޭ 8 އަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ ފާހަގަކޮށްލެވެއެވެ. އުމުރުން 8 އަހަރުގެ ޒުލްފާ އަކީ އެ ސްކޫލްގައި މިވަގުތު ރަޖިސްޓަރީ ވެފައިތިބި 6،000 ކުދީންގެ ތެރެއިން ކުއްޖެކެވެ. ގުރޭޑް ދޭއްގައި ތައުލީމު ހާސިލުކުރަމުންދާ ޒުލްފާ ބޭނުންވަނީ ޓީޗަރަކަށް ވާން ކަމަށާއި އޭރުން، އުނގެނުމަށް އެހެން ކުދީންނަށް އެހީތެރިވެދެވެނެ ކަމަށް އޭނާ ޕްރިޔަންކާ ގާތު ބުނެފައިވެއެވެ. ޕްރިޔަންކާ ބުނެފައިވާ ގޮތުގައި ޒުލްފާ ކަހަލަ އުނގެނެން ޝައުގެވެރިވާ ވަރަށް ގިނަ ކުދީން އެ ކޭމްޕުގައި އެބަތިއްބެވެ. ނަމަވެސް ކްލާސްރޫމާއި ޓެކްސްޓުފޮތާއި، އަދި މުދައްރިސުންގެ ދަތިކަން ފާހަގަކުރިއެވެ.

View this post on Instagram

Awetash, 6 months, has been in the Stabilization Center since she was 2 months old - she weighed 2.2KG (4.4 Lbs.) Her mother, Alamauou, 28, delivered the baby prematurely due to her own malnutrition, and as a result, was unable to produce breast milk. Awetash’s eyes looking at me bore a hole in my mind. (Her leg, at 6 months old fits into my hand)The thought of any child in the world starving is truly against nature. But since she’s consistently being monitored and fed at the health center, she’s been making great progress and she’s eating highly nutritious therapeutic food to gain weight and energy. Selam Haile, 30, visits the Nutrition Screening Center at the Tselemti woreda refugee camp every week with her daughter Rahwat Afewerki, 10 months. When she started visiting the Center, Rahwat was 6 months and malnourished, but in the past 4 month her health and weight has improved significantly. These are just a few success stories of how these health and nutrition centers help children get the nourishment they need, so that they have the energy to learn, grow, and develop like other children their age. There is inadequate awareness within the community around nutrition, but @unicef and Community Health Workers like Senait Woldegebreil, a refugee who volunteers and goes door to door, are educating new mothers on the importance of nutrition, the signs of malnourishment and proper feeding practices. #achildisachild #childrenuprooted @unicefethiopia

A post shared by Priyanka Chopra Jonas (@priyankachopra) on

އުނގެނުމަށް ފުރުޞަތު ފަހިވެފައި އޮތްހާ ހިނދަކުު އުއްމީދު އެބައޮތްކަމަށް ޕްރިޔަންކާ ބުނެފައިވެއެވެ. އަދި މުދައްރިސުން ތަމްރީނު ކުރުމާއި، ޓެކްސްޓްފޮތްތައް ހޯދައިދިނުމަށާއި، ކްލާސްރޫމު ޢިމާރާތްކުރުމަށް ޔުނިސެފުންް އެއްބާރުލުން ދެމުންގެންދާކަން ވެސް ޕްރިޔަންކާ ފާހަގަކުރެއެވެ. ޔުނިސެފުގެ މަސައްކަތުން ކޮންމެ ގައުމަކަށް ނިސްބަތް ވިޔަސް އުނގެނުމުގެ ހައްގުން ކުދީން މަަަޙްރޫމު ނުވާނެކަމަށް އޭނާ ދެކެއެވެ.

ކޭމްޕުތަކުގައި ހުރި ސިއްޙީ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒު ތަކަށާއި އުނގަންނައިދޭ މަރުކަޒުތަކަށް ޒިޔާރަތް ކުރުމަށްފަހު ޕްރިޔަންކާ ވަނީ އިތިއޯޕިއާގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. އިތިއޯޕިއާ އަކީ ހާލުގައި ޖެހިފައިވާ މީހުންނަށް ނަމޫނާ ގައުމެއް ކަމަށް އޭނާ ބުންޏެވެ.

ޕްރިޔަންކާގެ ދަތުރުގައި އޭނާ ވަނީ އިތިއޯޕިާގެ ރައީސާ ސަހްލޭ-ވޯރކް ޒިއުދީ އާ ބައްދަލުކޮށްފައެވެ. ރެފިއުޖީންނަށް ތައުލީމާއި އެހެނިހެން އަސާސީ ބޭނުންތައް ފޯރުކޮށްދިނުމަށް ސިޔާސަތުތަކެއް އެކުލަވައިލެއްވުމަށް އެކަމަނާ މަސައްކަތް ކުރައްވަމުން ގެންދަވާކަން ޕްރިޔަންކާ ވަނީ ފާހަގަކޮށްފައެވެ.

ޕްރިޔަންކާގެ ދަތުރު ނިންމާލާފައިވާ އިރު އޭނާވަނީ އިތިއޯޕިއާގައި ދިރިއުޅޭ ރެފިއުޖީ ކުދީންނަށް އެހީވތެރިކަން ފޯރުކޮށްދިނުމަށް އެދިފައެވެ.  

މައުލޫމާތު ނަގާފައިވަނީ ޔުނިސެފް ވެބްސައިޓު އަދި ޕްރިޔަންކާގެ އިންސްޓެގްރާމް އެކައުންޓުންނެވެ.  

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.