އާފަތިސް ބަދިގެ: ޓްރޭ ބޭކް ޗިކެން

ބޭނުންވާނެ ބާވަތްތައް:  

1 ކުކުޅު

1 މޭޒުމަތީ ސަމުސާ ޒައިތޫނި ތެޔޮ

ލޮނުމެދު ބޮނޑިއެއް، މެދުން ދެފަޅިކޮށްފައި

2  މޭޒުމަތީ ސަމުސާ ވިނެގަރ

400 މިލިލީޓަރު ކުކުޅު ސުރުވާ

2 ތައިމް ކޯޅި

ބީންސް ދަޅެއް

250 ގުރާމު ބޭބީ ސްޕިނާޗް

ލޮނު

އަސޭމިރުސް، ރާޅުކޮށް މުގުރާފައި

ތައްޔާރުކުރާނެ ގޮތް:

180 ޑިގްރީއަށް އަވަން ހޫނުކުރަންް ޖައްސާށެވެ. އަދި ލޮނާއި އަސޭމިރުހާއެކު ކުކުޅު ސީޒަން ކުރާށެވެ.

ބޮޑު ޓްރޭއަށް އުދުނަށް އުދައި ތެޔޮފޮދު ހޫނުކުރާށެވެ. ދެން ކުކުޅުގެ ބޭރަށް ރަން ކުލަ އަރަންދެެން ކުކުޅު ހޫނުކުރާށެވެ.

ކުރިން ފަޅިކޮށްފައިވާ ލޮނުމެދު ބޮނޑި ޓްރޭއަށް އަޅާށެވެ. އަދި ލީކްސް ވެސް އެއްކުރާށެވެ.

ދެން ވިނެގަރ އަޅައި ދެ މިނެޓު ވަރު ކައްކައިލާށެވެ. އެއަށްފަހު ކުކުޅު ސުރުވާ އެއްކުރާށެވެ.

ގިނި މަޑުކުރުމަށްފަހު ތައިމް އާއި ބީންސް، އަދި ސްޕިނާޗް އެއްކުރާށެވެ. ލޮނު ރަހަ ހެޔޮވަރުކުރުމަށްފަހު ހުރިހާ ބާވަތެެއް ރަނގަޅަށް އެއްކޮށްލާށެވެ. ދެން ޓްރޭ އަވަނަށް ލާށެވެ. 35 މިނެޓު ނުވަތަ 40 މިނެޓު ވަންދެން ފިހެލާށެވެ.

ފިހެވުމުން އަވަނުން ނަގަައި، ހިހޫ ކުރަން ފަސް މިނެޓު ބަހައްޓާށެވެ. ދެން ކާން ނަގާށެވެ.  

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.