ރާއްޖޭގެ މުސްތަގްބަލް ސަލާމަތް ކުރުމަށް މިވަގުތަށް އެންމެ މުހިއްމު ކަމަކީ މުގައްރަރު އިސްލާހު ކުރުން: ރައީސް ނަޝީދު

ފޮޓޯ: އެމްޑީޕީ ސެކްރެޓޭރިއެޓް، ޓުވިޓަރ

އިސްލާމް ދީނުގެ ނަމުގައި ހިނގަމުންދާ ކަންކަމަށް ބަލާއިރު ރާއްޖޭގެ މުސްތަގްބަލް ސަލާމަތް ކުރުމަށް މިވަގުތަށް އެންމެ މުހިއްމު ކަމަކީ ރާއްޖޭގެ މަދްރަސާތަކުގެ މުގައްރަރު އިސްލާހު ކުރުން ކަމުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ ރަސްމީ ޓުވިޓަރ އެކައުންޓުން އަންގާރަ ދުވަހުގެ ރޭ ކުރެއްވީ ޓުވީޓުގައި ވިދާޅުވީ "މިހާރުގެ ދަރިވަރުންގެ ފޮތްތަކުގައި ރުޅިވެރި ކަމާއި ނަފްރަތު އުފައްދާ ފަދަ ވާހަކަތައް މާ ގިނަ" ކަމުގައެވެ.  

ފޮތްތަކުގައި ރުޅިވެރި ކަމާއި ނަފްރަތު އުފައްދާ ވާހަކަ މާގިނަ ކަމަށް ވިދާޅުވެ އެމަނިކުފާނު ޓުވީޓު ކުރައްވާފައި މިވަނީ، ޓެކްސްޓު ފޮތްތަކުގައި އިސްލާމް ދީނާ ޚިލާފު މައުލޫމާތު ހުންނަ ކަމަށާއި މުދައްރިސުން އެފަދަ މައުލޫމާތު ކުދީންނަށް ދޭ ކަމަށް ބުނެ ޓުވިޓަރގައި ބަހުސް ކުރެވެމުންދާ ދަނޑިވަޅެއްގައެވެ. 

މީގެ ތިނެއް ނުވަތަ ހަތަރު އަހަރު ކުރީން ގްރޭޑް 11އިގެ (އިސްލާމް) ފޮތުގެ ބާބެއް ކަމުގައިވާ "ޖިހާދު" ކިޔެވުމަށް ފަހު ސީއެޗްއެސްސީގެ ދަރިވަރުންތަކެއް ސީރިޔާއަށް ދިޔަކަމަށް ޚިޔާލު ފާޅުކުރި އެކަކު ބުނެފައިވެއެވެ. އަދި ތާލިބާނުންގެ ގަބުރުގައި ދުވަނީ ފިނިފެންމާ ވަސްކަމަށާއި އެމީހުން މިހާރުވީ ސުވވަރުގޭގައި ކަމަށް އޭނާގެ ގުރޭޑް 7ގެ އިސްލާމް މުދައްރިސް 2008ވަނަ އަހަރު ވިދާޅުވި ކަމަށް އެހެން މީހަކު ބުނެފައިވެއެވެ. އަދދި ޖިހާާދު ކުރުމަކީ ކުރާން އެންމެ ރަނގަޅު ކަންތައް ކަމުގައި ޓީޗަރު ބުނިކަމަށެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.