އަރުޖުން ރާމްޕަލް އަށް ތިންވަނަ ދަރިޔަކު ލިބެން އުޅޭ ކަމަށް އޭނާ ބުނެފި

ފޮޓޯ: އިންސްޓެގްރާމް، އަރުޖުން ރާމްޕަލް

ބޮލީވުޑްގެ ތަރި އަރުޖުން ރާމްޕަލް އާއި އޭނާގެ ބައިވެިރިޔާ ގެބްރިއޭލާ ޑިމެޓްރިއޭޑިސް އަށް ދަރިޔަކު ލިބެން އުޅޭ ކަން އަރުުޖުން ހާމަކޮށްފިއެވެ. އަރުޖުން މި ޚަބަރު އާއްމުކޮށްފައިވަނީ އަންގާރަ ދުވަހު އޭނާގެ އިންސްޓެގްރާމްގައި ހިއްސާކުރި ފޮޓޯ އަކާ އެކު އެވެ. މި ފޮޓޯގައި ވަނީ އޭނާ އާއި އޭނާގެ ބައިވެރިޔާ އެވެ. އޭނާގެ ބައިވެރިޔާ ވެސް ވަނީ އިންސްޓެގްރާމްގައި އެ ފޮޓޯ ޝެއަރ ކޮށްފައެވެ.

އަރުޖުން އާއި އޭނާގެ ކުރީގެ އަންހެނުން މެހެރް ޖޭސިއާ ގެ ކައިވެނި ރޫޅިފައިވަނީ 2018ވަނަ އަހަރުގެ މޭ މަހު އެވެ. މެހެރް އާއި އަރުޖުންގެ 20 އަހަރުވީ ކައިވެންޏަށް ދެ އަންހެން ކުދީންް ލިބިފައިވެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.