ލަންކާ މީހެއްގެ ކަރުގައި އޮތް ފަށެއް ފޭރިގަތް މީހަކު ބަންދުކޮށްފި

ލަންކާ އަންހެނެއްގެ ކަރުގައި އޮތް ރަންފަށެއް ފޭރިގަތް މީހަކު ބަންދު ކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އެމީހާ ކަރުގައި އޮތް ފަށް ފޭރިގެންފައިވަނީ ޢުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މަޖީދީ މަގު ރަށްދެބައި މަގުން ކަންމަތިން އެ އަންހެން މީހާ ހިނގައިފައި އަންނަނިކޮށް ކަރުގައި އޮތް ފަށް ފޭރިގަނެގެން ދުވައިގަތް  މީހާ ހިފެހެއްޓީ ޢާއްމުންގެ އެހީތެރިކަމާއެކު ފުލުހެކެވެ.

ފަށް ފޭރިގަތުމަށްފަހު އޭނާ ދުއްވައިގަތުމުން ފަށް ވަނީ މަގުމައްޗަށް ވެއްޓިފައެވެ. ފުލުހުން ވިދާޅުވީ އެ މިހާރުވަނީ ވެރިމީހާއާ ޙަވާލުވެސް ކޮށްފައި ކަމަށެވެ. ފަށް ފޭރިގަނެގެން ދުއްވައިގަތް މީހާ ބަންދުކޮށްފައިވަނީ ކުރީގެ އެވިންސް ފިހާރަކައިރިން ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ގެންދަނީ އިތުރަށް މިކަން ބަލަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.